ދެ މީހަކާ ޒުވާބުކޮށް ބިރުދެއްކި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫއަށް ނިސްބަތްވާ 33 އަހަރުގެ ދިވެހި ފިރިހެނެކެވެ.
އެމީހާގެ މައްޗަށް ބިރުދެއްްކި ކަމުގެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ގަރީނާވެސް ވަނީ ކްރިމިނަލް ކޯޓަަށް ހުށަހަަޅާފައެވެ. އޭގެ ތެރޭގައި އެ ސީނަށް ދިޔަ ފުލުހެއްގެ ބަޔާނާއި ސްނެޕްޝޮޓް ހިމެނެއެވެ.
ކްރިމިނަލް ކޯޓުން އޭނާގެ ބަންދަަށް ހަތް ދުވަސް ވަނީ ދީފައެވެ. އަދި ބަންދު އަމުރުގައި ބުނެފައި ވަނީ އޭނާ ދެ މީހުންނާ ޒުވާބު ކުރި ކަމަށާއި ނަމަވެެސް އެއްވެސް ކަހަލަ އިންޒާރެއް ނުދޭ ކަމަަށެވެ.
ކޯޓު އަމުރުގައި ބުނާ ގޮތުގައި މިމީހާއަކީ ހައްޔަރު އަދި ބަންދުގެ ރެކޯޑް އޮތް މީހެއް ކަމަށް ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.