ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މަންމާފުޅު، މުއުމިނާ ހުސައިން ފުޅު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު، ސޯލިހުގެ އާއިލާއަށް މިއަދު ތައުޒިޔާ ފޮނުއްވައިފިއެވެ.
ރައީސް ޑރ. މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސާލިހްގެ ލޮބުވެތި މަންމާފުޅު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެ، އެމަނިކުފާނުގެ އާއިލާ އަށް ހިތުގެ އިހްލާސްތެރިކަމާއެކު ތައުޒިޔާ ދަންނަވައި، އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.
"މާތް ﷲ ގެ ތަނަވަސްވެގެންވާ ރަހްމަތާއި ރުހިވޮޑިގަތުމާއި މަޣްފިރަތުގައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި މަރްޙޫމާ މުއުމިނާ ހުސައިންފުޅު ލަހައްޓަވާށިއެވެ. އާމީން." ރައީސް މުއިއްޒު ވިދާޅުވިއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.