ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މަންމާފުޅު މުއުމިނާ ހުސައިން ފުޅު އަވަހާރަވުމާ ގުޅިގެން ރައްޔިތުންގެ މަޖިލިިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެމަނިކުފާނަށް މިއަދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކަމަނާ އަވަހާރަވި ހަބަރު އެއްސެވީ ނުހަނު އަސަރާއެކު ކަމަށެވެ. މި ފުން ހިތާމައިގައި ބައިވެރިވެ ތައުޒިޔާ ދަންނަވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
https://twitter.com/Banafsaa/status/1813808992348786896
ރައީސް ސޯލިހުގެ އާއިލާގެ ހުރިހާ ބޭފުޅުންނަށް ކެތްތެރިކަން މިންވަރު ކުރައްވައި އެމަނިކުފާނުގެ މަންމާފުޅަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކޮށްދެއްވުން އެދިވަޑައިގެން އަބްދުއްރަހީމް ވަނީ ދުއާ ދަންނަވައިފައެވެ.
ސޯލިހުގެ މަންމާފުޅު އަވަހާރަވީ އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް، މިއަދުގެ ވަގުތެއްގައެވެ. އަވަހާރަވި އިރު، އުމުރުފުޅަކީ 80 އަހަރެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.