ދިވެހި ރާއްޖޭގެ މަސްވެރިކަމާއި ބެހޭ ވަޒީރު، ރީނދޫ އުރަހަ ކަންނެއްޔާއި އެއްކޮށް ފަތާލާ މަންޒަރެއް މީސްމީޑިޔާގައި ދައުރުވަމުން އެބަދެއެވެ. ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު އަމިއްލަފުޅު ޓްވިޓާގައި ޕޯސްޓްކޮށްފައިވާ ވީޑިއޯއެއްގައި، ހުރަވަޅި ރިސޯޓްގެ ފަޅުތެރޭގައި ފީނަމުން ދިޔައިރު، ވަރަށް ކައިރިން ރީނދޫ އުރަހަ ކަންނެލީގެ ކުޑަ އައިނެއް އަޅާފައިދާ މަންޒަރު ފެނެއެވެ. https://twitter.com/DrHussainHassan/status/1434044289961447426?s=20
ޑރ. ހުސައިން ކޮށްފައިވާ އިތުރު ޓްވީޓެއްގައި، ކަންނެލި ބައިގަނޑު ފަޅުތެރެއިން ކަނޑަށް ނުކުންމުމަށް އެހީތެރިވާ މަންޒަރު ދައްކުވައިދެއެވެ. އަދި މިއީ މިފަދަ ދިރޭ ކަންނެލި ބައިގަނޑެއް އެންމެ ކައިރިން ބަލައިލުމުގެ ފުރުޞަތު ލިބުނު ފަހަރު ކަމުގައިވެސް ޓްވީޓްގެ ކެޕްޝަނުގައި ހާމަކުރައްވާފައި ވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.