ކޭއެފްސީގެ ބިއްލޫރިގަނޑަށް އަނެއްކާވެސް ގެއްލުން ދީފިއެވެ.
މިކަމާ ގުޅިގެ ފުލުހުން ބުނީ ރޭ ފަތިހު 04:32 އެހާ ކަންހާއިރު އަމީނީމަގު ކޭއެފްސީ ގެ ބިއްލޫރިގަނޑު ގާބުރިއަކުން ޖަހާ ތަޅާލާފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އަދި އިތުރަށް ފުލުހުން ބުނީ މި މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށާއި މި މައްސަލަ ތަހުގީގު ކުރަމުން ދާކަމަށެވެ.
ރޭގެ ފަތިހު ކޭއެފްސީ ބިއްލޫރުގަނޑު ތަޅާލާފައިވާއިރު ހުސްވި ހަފްތާގައިވެސް ކޭއެފްސީ ގެ ބިއްލޫރި ގަނޑު ތަޅާލާފައިވެއެވެ. މި މައްސަލައިގައި ފުލުހުން މީހަކު ހައްޔަރުކޮށްފައި ނުވެއެވެ.
ކޭއެފްސީ ބޮއިކޮޓް ކުރުމަށް ގޮވާލައި ދޭތެރެދޭތެރެއިން ހަރަކާތްތަކެއް ކުރިއަށް ގެންދެއެވެ. މި ހަރަކާތްތައް ކުރިއަށް ގެންދަނީ އެ ކުންފުންޏަކީ އިޒްރޭލަށް ވާގިވެރިވާ ކުންފުންޏެއް ކަމަށާއި ފަލަސްތީނުގެ ހައްގުގައި އެތަން ބޮއިކޮޓްކޮށް ބަންދުކުރަން ޖެހޭ ކަމަށް ބުނެއެވެ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.