މާލޭސިޓީގެ\ އިތުރުން އިތުރު ތިން ރަށެއްގެ ކައުންސިލްގެ ހުސްވެފައިވާ މެމްބަރުކަމަށް އިންތިހާބު ކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަންގެ ވޯޓުން ފަށައިފިއެވެ.
މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން މަގާމަށް މެމްބަރުން އިންތިހާބު ކުރުމާއި، ހދ. ކުޅުދުއްފުށި ކައުންސިލް، ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރަކު އިންތިހާބު ކުރުމުގެ އިތުރުން ބިލެތްދޫ ކައުންސިލްގެ ރައީސްއަކު އިންތިހާބު ކުރުމަށެވެ.
ވޯޓުލުން މިއަދު ހެނދުނު 8:00 އިން 4:00 އަށް ވޯޓުލުން ކުރިއަށް ދާނެއެވެ.
މާލޭ ކައުންސިލްގެ ހުސްވެފައިވާ ދާއިރާތަކަށް ކުރިމަތިލައްވާފައިވަނީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ސިޓީ ކައުންސިލްގެ އެ މަގާމުތައް ހުސްވެފައިވަނީ، އެ މަގާމުގައި ތިއްބެވި މެމްބަރުން މަޖިލިސް އިންތިހާބުގައި ވާދަކޮށް، ގޮނޑި ކާމިޔާބު ކުރެއްވުމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.