އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގެމަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި، ނޫސްވެރިންނަށް ހާއްސަކޮށްގެން ކުރިއަށްގެންދިޔަ “ހޭލުންތެރި މީޑިއާ” ޓްރެއިނިންގ ޕްރޮގްރާމް ނިންމާލައިފިއެވެ. ޒުވާނުން ބާރުވެރިކުރުމާއި މައުލޫމާތާއި ފަންނާއިބެހޭ ވުޒާރާއިން އިސްނަގައިގެން ހިންގި މި ޕްރޮގްރާމަކީ ދެދުވަހުގެ މުއްދަތައް މިމަހުގެ 19 އިން 20 އަށް ކުރިއަށް ފުވައްމުލައް ސިޓީގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް 28 މީހަކު ފުރިހަމަކުރިއެވެ. މި ޕްރޮގްރާމުގެ މަޤްޞަދަކީ، ނޫސްވެރިންނަށް ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްތަކާއި އެއްގޮތައް ފަންނީ ތަމްރީނު ދިނުމާއި، ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލައި، ދޮގު ޚަބަރުގެ ސަބަބުން ލިބޭ ގެއްލުންތައް ކިޔައިދީ، ނޫސްވެރިން ޒަމާނީ ނޫސްވެރިކަމަކަށް ހޭލުންތެރި ކުރުވުމެވެ. މިގޮތުން މިކަންކަން ހާސިލްކުރުމަށް ބައިވެރިންނަށް އެކި މައުޟޫތަކުގައި 7 ސެޝަނެއް ވަނީ ނަގާދީފައެވެ. މި ސެޝަންތައް ނަގައިދީފައިވަނީ ރާއްޖޭގައި ތިބި ފަންނީ ތަޖުރިބާކާރުންނެވެ. މީގެ ތެރޭގައި
- ނޫސްވެރިކަމާއި،
- ނޫސްވެރިކަމުގެ އަޚްލާގު،
- ނޫސްވެރިކަމުގެ ވައްތަރުތަކާއި ލިޔުންތެރިކަމުގެ ވައްތަރުތައް،
- ދިވެހިރާއްޖޭގެ ތަރައްގީގައި ނޫސްވެރިންގެ ދައުރު، ތަހުގީގީ ނޫސްވެރިކަން ނުވަތަ އިންވެސްޓިގޭޓިވް ޖާރނަލިޒަމް
- އެކި އެކި ފިކުރުތަކާއި ނޫސްވެރިކަން އަދި ނޫސްވެރިކަމުގެ ބަސްމަގު
- ، ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާއި ހުރި ފުރުސަތުތައް
- ފޭކް ނިއުސް އެންޑް ޝޮލިއުޝަން ޖާރނަލިޒަމް ހިމެނެއެ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.