އިސްލާމިކް މިނިސްޓްރީގެ "މީޑިއާ މައުރަޒު 2024" މިއަދު ހުޅުވައިފިއެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި މި މައުރަޒު ހުޅުއްވައި ދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފެވެ.
މި ރަސްމިއްޔާތުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އަދި ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް ބައިވެރިވެވަޑައިގެންނެވިއެވެ.
މ ހަފްލާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މި މައުރަޒަކީ މީޑިއާތަކަށް ހާއްސަ ކޮށްގެން ބޭއްވި މައުރަޒެއް ކަމަށެވެ. މި މައުރަޒުގެ ބޭނުމަކީ ވޭތުވެދިޔަ 8 މަސް ދުވަސް ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ބަޔާންކޮށްފައިވާ އިސްލާމީ ކަންކަމާއިބެހޭ، ކަންކަމުގެ ހާއްސަ ކުރެވިފައިވާ މުހިންމު ކާމިޔާބީތަކާއި މިންވަރު ހިއްސާކޮށް ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުން ކަމުގައި ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވި ގޮތުގައި މައުލޫމާތު ކުށް ކަމުގައި ނުވާނަމަ މިއީ މިގޮތަށް ބާއްވާ ފުރަތަމަ މައުރަޒު ކަމުގައެވެ.
ޝަހީމް ވިދާޅުވީ ރައީސްގެ މެނިފެސްޓޯގައި ހިމެނޭ ކަންކަމުގެ ތެރެއިން މިނިސްޓްރީއާ ގުޅުން ހުރި ވަރަށް ގިނަ ކަންކަން ފުރިހަމަވެފައިވާ ކަމަށެވެ.
ރައީސުލްޖުމުހޫރިއްޔާގެ މެނިފެސްޓޯގައިވާ މިވުޒާރާއާ ގުޅުން ވަރަށް ގިނަ ކަންތައްތައް ހުރި އިރު ކިތަންމެ ކަމެއް މިހާރު ވަނީ ފުރިހަމަވެގެން ގޮސްފައި، ކަމަށާއި ނުވަތަ އެކަންކަން ވަނީ ފެށިފައި އަނެއްބައި ކަންކަން ތަރައްގީ ކުރުމުގެ މަސައްކަތް މިދަނީ ކުރިއަށް ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
ޒަކާތު ހައުސް އުފެއްދި، އޭގެ މަސައްކަތްތައް ކުރިއަށްދާ ކަމާއި މިސްކިތްތަކާ ބެހޭ މަޖިލިސް އުފެދި އެކަމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް ޝަހީމް ވިދާޅުވިއެވެ. އަދި މިސްކިތްތަކާ ގުޅޭ ޕޯޓަލް އުފެއްދި، އެކަމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަން ޝަހީމް ފާހަގަ ކުރެއްވިއެވެ.
ޝަހީމް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާ ގުޅުން ހުރި އެހެނިހެން ކަންކަން ވެސް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ހާއްސަކޮށް ވަގުފު އިމާރާތްތައް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މި މައުރަޒު ބަލާލުމަށް ބޭނުންވާ ކޮންމެ މީހަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށާއި މިއަދާއި މިރޭ ވެސް މައުރަޒު ހުޅުވިފައި ހުންނާނެ ކަމަށާއި އަދި މާދަމާ ވެސް މައުރަޒު ހުޅުވާފައި ބެހެއްޓުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ޑރ ޝަހީމް ވަނީ ވިދާޅުވެފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.