1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިސްލާމީ ޝަރީއާ އިން ލޯވ ގެ ޑިގްރީ އޮތިއްޔާ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދޭން ގޮވާލައިފި

anaa
ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމެ
މަރްޔަމް ޝަފާ ސައީދު
319ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިސްލާމީ ޝަރީއާ އިން ލޯ ގެ ޑިގްރީއެއް އޮތް ނަމަ ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަދޭން ގޮވާލައިފި އެވެ.

މިހުއްދަދިނުމަށް ގޮވާލެއްވީ ބުނީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ގޮވާއްލެއްވީ ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމެވެ.

ގާނޫނީ ވަކީލަކަށް ވުމުގެ ޝަރުތުތަކުގެ ތެރޭގައި ގާނޫނީ ރޮނގުން ތައުލީމު ހާސިލުކުރުން ހިމެނޭއިރު، އޭގެ ތެރޭގައި އިސްލާމީ ޝަރީއާ ތައުލީމު ހާސިލުކުރުން ނުހިމެނޭތީ އަނާރާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ އެގޮތަށް، މިހާރު ބަހުސް ކުރަމުންދާ ގާނޫނީ ފަންނުގެ ގާނޫނު އިސްލާހުކުރުމުގެ ބިލު އިސްލާހުކުރަން ޖެހޭ ކަމަށެވެ.

300 × 250

ޝަރުއީ ދާއިރާ އިސްލާމީ ޝަރީއަތާ ހަގީގަތުގައި ވަރަށް ބޮޑަށް ގުޅުން އޮންނާނެކަން ފާހަހަކުރައްވަައި އަނާރާ ވިދާޅުވީ ކީރިތި ގުރުއާނާ ސުންނަތުގައި ގިނަ ހައްދުތަކާއި ކުށްތަކަށް އުގޫބާތްދޭނެ ގޮތް ޖުމްލަގޮތެއްގައި އޮތްކަމަށެވެ. އެހެންކަމުން ކޮންމެ ވަކީލަކަށްވެސް އެބައިތައް އެނގުމަކީ ވަރަށް މުހިއްމު ކަމެއް ކަމުގަ އެވެ.

އޭނާ ވިދާޅުވީ ފަނޑިޔާރަކަށް ވެވެނީ ގާނޫނީ ވަކީލުކަން ކޮށްގެން ކަމަށްވާއިރު ހުކުމްތައް އިއްވާ ފަރާތްތައް އިސްލާމީ ޝަރީއާގެ ރޮނގުން ތައުލީމު ހާސިލުކޮށްގެން ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ.

"އެއީ ފުރަތަމަ ގާނޫނީ ވަކީލަކަށް ވެގެން ހަގީގަތުގައި ފަނޑިޔާރަކަށް ވެސް ވެވެނީ. އެހެންވީމާ ވަރަށް މުހިއްމު އެގޮތަށް އޮތުން، އޭރުން އިސްލާމީ ޝަރީއަތުގެ ރޮނގުން ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށް ޝަރުއީ ދާއިރާއަށް ވަނުމުގެ ފުރުސަތު އޮންނާނީ." އޭނާ ވިދާޅުވި އެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި