1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޖިންސީ އެދުން ގަދަކުރާ މާމުޔެއް ދައުރުވަނީ، އެ މާމުއިގައި ދެ ބޭހެއްގެ މާއްދާއެއް ހިމެނޭ ސަމާލުވާން އިލްތިމާސް ކޮށްފި

MAAMUI
ތަޢައްޔަރުވެފައިވާ މާމުޔެއް
އައިޝަތު އަންޖަަލް
467ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ މާކެޓްގައި ތަޢައްޔަރުވެފައިވާ މާމުޔެއް ދައުރުވަމުންދާތީ އެ މާމުއިން ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެވެ.

އެ އޮތޯރިޓީން ބުނީ އެ މާމުއިގައި ބޭހެއްގެ ދެ މާއްދާއެއް ހިމެނޭ ކަމަށެވެ.

މި ބާވަތް އެކުލެވޭ މާމުއި ރާއްޖޭގެ މާކެޓްގައި އެތެރެވަމުންދާކަމަށް އެ އޮތޯރީޓިން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު ވެސް އާންމުންގެ ސަމާލުކަން ގެނެސްފައިވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެފަދަ އުފެއްދުންތަކަކީ ޔޫއެސް އެފްޑީއޭއިން ރައްކާތެރިނޫން ކަމުގައި ފާހަގަކޮށްފައިވާ އުފެއްދުންތަކެއް ކަމަށް އެ އޮތޯރިޓީން ވަނީ ފާހަގަ ކޮށްފައެވެ.

300 × 250

އެގޮތުން އެމްއެފްޑީއޭއިން މިއަދު ނެރުނު އެލާޓެއްގައި ބުނީ ރާއްޖޭގައި އޮނަލައިންކޮށް ވިއްކަމުންދާ ބްލެކް ހޯސް ވައިޓަލް ހަނީ އަދި އެޓުމެކްސް ރޯޔަލް ހަނީ ފޯ ހިމް މާމުއިގައި ބޭހުގެ ދެ މާއްދާއެއް ފެނިފައިވާ ކަމަށެވެ. މާމުއި ހިމެނޭ ނުރައްކާތެރި ބާވަތަކީ ޓަޑަލަފިލް އަދި ސިލްޑެނަފިލް ގެ ބާވަތެއް ކަމަށް ވެސް ވަނީ  ބުނެފައެވެ.

މީގެ އިތުރުން އެ އޮތޯރިޓީން ބުނީ އެފަދަ ތަކެތި ބޭނުން ކުރުމުގެ ސަބަބުން ލިބިދާނެ ސިއްހީ ގެއްލުންތަކުން ރައްޔިތުން ސަލާމަތް ކުރުމަށް ޓަކައި އިމްޕޯޓް ކުރުމާއި ވިއްކުމާއި އަދި ބޭނުން ކުރުމަކީ މަނާ ކަމެއް ކަމަށެވެ. ޑޮކްޓަރީ ބޭސް އަޅާފައި ހުންނަ އެފަދަ އުފެއްދުންތައް ބޭނުން ނުކުރުމަށާއި، އިންސާނާގެ ސިއްހަތަށް އެއިން ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށެވެ. އަދި އެއީ ފުރާނައަށް ނުރައްކާވެދާނެ ފަދަ ކަމެއްކަމަށް ވެސް ބުނެފައި ވެއެވެ.

 

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި