1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފި

img_md_202010151154041602788044.1209
ފުލުހުންގެކާރު.....ފޮޓޯ:ސަން
ޖަންނަތު އާދަމް
378ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އަނެއްކާވެސް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

މިކަމާ ގުޅިގެން އިމިގްރޭޝަން އިން އެކްސްގައި ޕޯސްޓެއް ކޮށްފައިވެއެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ ރޭގައި ބިދޭސީ އަންހެނަކާއި ފިރިހެނެއް އިމިގްރޭޝަން ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

އަދި އިތުރަށް އިމިގްރޭޝަން އިން ބުނީ ރޭގައިބަލާ ފާސްކޮށްފައިވަނީ މާލޭގެ 2 ތަނަކާއި ހުޅުމާލެއިން ތަނެއް ކަމަށެވެ. މީގެތެރެއިން . މީގެތެރެއިން އެއް ތަނަކީ ގަވާއިދާ ހިލާފަށް ކާބޯތަކެތީގެ ވިޔަފާރި ކުރަމުންދާ ތަނެއްކަމަށް "އިމިގްރޭޝަން ވޮޗް" އަށް ލިބުނު މައުލޫމާތާއި ގުޅިގެން ބަލައި ފާސްކުރެވުނު ތަނެއް ކަމަށް ވެސް އިމިގްރޭޝަން އިން ބުނެއެވެ.

300 × 250

އޭގެ އިތުރުން ހުޅުމާލެ އިން ބަލާ ފާސްކޮށްފައި ވަނީ ބިދޭސީން ވިޔަފާރިކުރަމުންދިއަ ތަނެއް ކަމަށެވެ. މިތަނުން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީ ފިރިހެނެއް ކަމަށެވެ.

އިމިގްރޭޝަން އަދި ފުލުހުން ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ މި އޮޕަރޭޝަން ތަކުގައި 120 އަށް ވުރެ ގިނަ ބިދޭސީން ހައްޔަރުކޮށްފައިވެއެވެ.

މި އޮޕަރޭޝަން ގެ ތެރެއިން އަތުލައިގަންނަ ބިދޭސީންނަށް ގަވާއިދުގެ ތެރެއަށް ވަންނަން އިތުރު ފުރުސަތެއް ނުދޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެއެވެ

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި