މާލެ އަދި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމަށް ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްކޯޕަރޭޝަން(ސިޑްކާ)ގެ ޗެއަރމަން ލިއޯ ހައޯހުއިއެވެ.
ރާއްޖެ އާއި ޗައިނާއި ދެ ޤައުމުގެ ދެމެދުގައި ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކުރެވުމަށްފަހު އެ މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީގެ މަސައްކަތް ފެށިގެންދާނެކަމަށް ކޮންސަޓްރަކްޝަން މިނިސްޓްރީން ވަނީ ވެސް ބުނެފައި ވެއެވެ.
މިއަހަރު ނިމުމުގެ ކުރިން މާލެ އަދި ވިލިމާލެ ވެސް ހިމެނޭގޮތަށް މަގުތަކުގައި ތާރަ އެޅިގެން މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށް މިނިސްޓްރީން ވަނީ މީގެ ކުރިންވެސް ބުނެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭގޮތުންވެސް ވަނީ މަޝްވަރާތައް ކުރައްވާފައެވ. އެގޮތުންހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ހަމަޖައްސަވާނެކަމަށް ޗައިނާ ސަރުކާރުން ވަނީ އޭރު ހާމަކޮށްފައެެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.