މޫސުން ގޯސްވުމުގެ ސަބަބުން މިނިވަންދުވަހުގެ ޝަރަފުގެ ހިނގާލުން ކެންސަލްކޮށްފިއެވެ.
މިކަން ހާމަކޮށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އެކްސްގައި ޕޯސްޓެއްގައެވެ. މި ޕޯސްޓު އެމްއެންޑީއެފުން ބުނީ މިނިވަންދުވަހުގެ މުނާސަބަތުގައި މާލޭގައި މިއަދު ބޭއްވުމަށް ތާވަލްކުރެވިފައިވާ ޝަރަފުގެ ހިނގާލުން، މޫސުން ތަންނުދިނުމުގެ ސަބަބުން ފަހުގެ ތާރީޚަކަށް ފަސްކުރެވިފައިވާކަމަށެވެ.
މިނިވަން ދުވަސް ފާހަގަ ކުރަން މިއަހަރު ކުރިއަށް ގެންދަން ރާވާފައި އޮތް ޝަރަފުގެ ހިނގާލުން ކެންސަލް ވި ނަމަވެސް މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ މިރޭ އޮންނާނެއެވެ
މިނިވަން ދުވަހުގެ ޝަރަފުގެ ހިނގާލުން މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލް ކޮށްފައިވާ އިރު ގައުމީ މޫސުމާ ބެހޭ އިދާރާ އިން މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ހުދު ސަމާލު ނެރިފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.