މެލޭޝިއާގެ ޤައުމީ އެއަރލައިންސްގެ ދަތުރުތައް އަލުން ދިވެހިރާއްޖެއަށް ފެށުމަށް ނިންމައިފިއެވެ.
އަލުން މި ދަތުރުތައް ފަށަން ނިންމާފައިވަނީ 7 އަހަރަށްފަހު އެވެ. މެލޭޝިއާ އެއަރލައިންސް އިން ދިވެހިރާއްޖެއަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.
މެލޭޝިއާ އެއަރލައިންސް އިން ފަށާ ދަތުރުތަކުގެ ފުރަތަމަ ފުލައިޓް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސުމަށް ހަމަޖެހިފައިވަނީ 1 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު އެވެ.
ހަފްތާގެ 7 ދުވަހު ދަތުރުތައް ކުރުމަށް ހަމަޖެހިފައިވާ، އެ އެއަރލައިން އިން ދިވެހިރާއްޖެއަށް ދަތުރުކުރުމަށް ބޭނުންކުރާނީ ބޮއިން 737- 800 މަކުރާގެ 174 ސީޓުގެ ފުލައިޓްތައް ކަމަށްވެސް އެމްއޭސީއެލްއިން ބުނެއެވެ.
މެލޭޝިއާގެ ކުއަލަލަމްޕޫރް އިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ދަތުރުކުރާ ފުރަތަމަ ފުލައިޓަށް މަރުހަބާ ކިޔުމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަސްމިއްޔާތުގައި ޓުއަރިޒަމް މިނިސްޓްރީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް)، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމް.އެމް.ޕީ.އާރް.ސީ) އަދި މެލޭޝިއާ އެއަރލައިންސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ބުނެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.