1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ކުޅިވަރު

30 އަށްވުރެ ގިނަ ބައިވެރިންނާއެކު ދަރަވަންދޫގައި ހޭންޑްބޯލް ކޯޗިން ކޭމްޕެއް ފަށައިފި

viber_image_2021-09-05_14-46-03-866
ދަރަވަންދޫގައި މިހާރު ކުރިއަށްދާ ހޭންޑްބޯލް ކޯޗިން ކޭމްޕްގެ ތެރެއިން-- ފޮޓޯ: ދަރަވަންދޫ ކައުންސިލް
މުހައްމަދު އަޚްތަރު
533ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫގައި މުޅި އަތޮޅަށް ހުޅުވާލައިގެން ހޭންޑްބޯލް ކޯޗިން ކޭމްޕެއް ފަށައިފިއެވެ.

ޔޫތު މިނިސްޓްރީއާއި މޯލްޑިވްސް ހޭންޑްބޯލް އެސޯސިއޭޝަނުން އާއި ދަރަވަންދޫ ކައުންސިލް ގުޅިގެން މިމަހުގެ 2 ވަނަ ދުވަހު ފެށި ކޯޗިން ކޭމްޕްއަކީ 6 ދުވަހުގެ މުއްދަތަށް ހިންގާ ކޭމްޕެކެވެ.

ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ދަރަވަންދޫ ކައުންސިލްގެ މެމްބަރު ފަރަހާ އާދަމް ވިދާޅުވީ އެރަށުގައި މިހާރު ކުރިއަށްދާ ކޯޗިން ކޭމްޕަލީ މުޅި އަތޮޅަށް  ހުޅުވާލައިގެން ކުރިއަށްގެންދާ ކޭމްޕެއް ކަމަށާއި، އެގޮތުން ރަށަކަށް 2 ޖާގަ ދީފައިވާ ކަމަށެވެ.

300 × 250

viber_image_2021-09-05_14-46-02-918

އިތުރަށް ވާހަކަ ދައްކަވަމުން ފަރަހާ ވިދާޅުވީ، ކޯޗިން ކޭމްޕުގައި ކިޔަވައިދެއްވުމާއި ޕްރެކްޓިކަލް ކުރިއަށްގެންދަވަނީ ރާއްޖޭގެ ހޭންޑްބޯލް ގައުމީ ޓީމުގެ ކޯޗެއް ކަމަށްވާތީ މިކޭމްޕް ވެގެންދާނީ ފެންވަރު ރަނގަޅު ކޯޗުން އުފެދިގެންދާނެ ކޭމްޕަކަށް ކަމަށެވެ.

"ކޭމްޕްގައި 2 ޖިންސުގެ ބޭފުޅުންވެސް އެބައުޅޭ. އަތޮޅު ތެރެއިންވެސް ގިނަ ފަރާތްތަކަކުންވަނީ ބައިވެރިވެފަ. އިރާދަކުރެއްވިއްޔާ މިއީ މުޅިއަތޮޅަށް ލިބިގެންދާ ބޮޑު ކުރިއެރުމެއް." ފަރަހާ ވިދާޅުވިއެވެ.

viber_image_2021-09-05_14-46-02-486

ކައުންސިލް މެމްބަރު ފަރަހާ ވިދާޅުވީ ކޯޗުން ތަމްރީނުކުރުމުގެ ކޭމްޕްގައި ފިޒިކަލް ބަޔާ ޕްރެކްޓިކަލް  ވަރަށް ބޮޑަށް ކުރިއަށްގެންދާ ކަމަށާއި، މިކޭމްޕުގައި ބައިވެރިވި ހުރިހާ ފަރާތަކުންވެސް ކޭމްޕުން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރާތަން ފެންނަމުންދާ ކަމަށެވެ.

ދަރަވަންދޫގައި ކުރިއަށްދާ ހޭންޑްބޯލް ކޯޗިން ކޭމްޕުގެ ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 9 ވަނަ ދުވަހުއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި