އީރާނުގެ އިންތިޚާބީ ރައީސް ޑރ މަސްއޫދު ޕެޒެޝްކިއާން މަގާމުގެ ހުވައިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ބައިވެރިވެވަޑައިގެންފިއެވެ. އެ ރަސްމިއްޔާތު އޮތީ އީރާނުގެ ވެރިރަށް، ތެހެރާންގެ އިސްލާމިކް ކޮންސަލްޓޭޓިވް އެސެމްބްލީގައެވެ.

އީރާނުގެ އައު ރައީސް ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށްފަހު ނައިބު ރައީސް ވަނީ އީރާނުގެ އައު ރައީސާ އަދި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.