ޙަމާސްގެ ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުން، ދިވެހި ސަރުކާރުން ކުށްވެރި ކޮށްފިއެވެ.
މިކަން ކުށްވެރިކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތައް ނަގަހައްޓައި، ޣައްޒާގެ މައްސަލައަށް އަވަސް އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދުމަށާއި، ސަރަޙައްދުގެ ހަމަޖެހުމާއި ހަމަޖެހުން ޤާއިމުކުރުމަށް ހުރިހާ ޤައުމުތަކަކުން ގުޅިގެން މަސައްކަތްކުރުމަށް ވެސް ގޮވާލާ ކަމަށެވެ.
ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އިރާންގެ ވެރިރަށް ތެހެރާންގައި ހުންނަވަނިކޮށް އޭނާއަށް އަމާޒުކޮށް ދިން ރޮކެޓު ހަމަލާއެއްގައެވެ.
ހަނިއްޔާ ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާގެ މަގާމަށް އައްޔަން ކުރީ 2017 ވަނަ އަހަރުގެ މެއި 06 ވަނަ ދުވަހު އެވެ. އޭގެ ކުރިން އޭނާ ވަނީ ހަމާސްގެ އިސް ގިނަ މަގާމުތަކެއް ވެސް ފުރުއްވާފައިވެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.