ފްރާންސްގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި އެތްލެޓިކްސް އިވެންޓުގައި ރާއްޖޭގެ ފަރާތުން ވާދަކުރި ބާރު ދުވުންތެރިޔާ އިބާދުﷲ އާދަމް ޕާސަނަލް ބެސްޓާއި އެކު ރޭސް ނިންމާލައިފިއެވެ. އިބާދުﷲ ވާފަކުރީ އޭނާގެ ރަސްމީ އިވެންޓް ކަމުގައިވާ 100މ ދުވުމުގައިއެވެ. އެހެން އެތްލީޓުންނާއި މާބޮޑު ތަފާތެއް ނެންނަމަވެސް ހީޓުން ފަސްވަނަ އިބާދުﷲ ހޯދިއެވެ. އޭނާގެ ޓައިމިންއަކީ 10:55 ސިކުންތެވެ. އަދި ދެވަނަ ބުރަށް އިބާދުﷲ ކޮލިފައިނުވީ 1 މިލި ސެކަންޑް ގެ ތަފާތުންނެވެ. އިބާދުﷲ ގެ ކުރިން ދެވަނަ ބުރަށް ކޮލިފައިވި އެތްލީޓުގެ ޓައިމިންއަކީ 10:54. ސިކުންތެވެ.  އެހެންކަމުން މިއީ ބޮޑު ކުރިއެރުމެކެވެ. މިހާރު ރާއްޖޭގެ އެންމެ އުއްމީދީ ދުވުން ތެރިޔަކީ އިބާދުﷲ އެވެ.

އިބާދުﷲ އަށް އައިއޯއައިޖީއާ އެކު، އޭޝިއަން ގޭމްސްގެ ފުރުސަތު ވެސް ގެއްލުނެވެ. ބޮޑު ދެ ގޭމްސް އިން ފުރުސަތު ގެއްލުމުގެ ހިތްދަތިކަން ދިޔައީ އޮލިމްޕިިކްސްގެ ފުރުސަތާ ހަމައިންނެވެ.

މަތީ ފެންވަރުގެ އެތުލީޓުން ތަމްރީނު ކުރުމުގައި މަޝްހޫރު ގައުމެއް ކަމަށްވާ ޖެމެއިކާ އިން އިބާދުﷲ އަށް ޓްރެއިނިން ފުރުސަތު ހޯދައިދިންއިރު ވެސް އެންމެ ބޮޑު އެއް އަމާޒެއް ގުޅިފައި އޮތީ، މިދިޔަ އަހަރުގެ އޮގަސްޓް/ސެޕްޓެމްބަރުގައި، މަޑަގަސްކަރާގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑަލް ހޯދުމެވެ. އެކަމަކު، އެ މުބާރާތަށް ދިއުމުގެ ކުރިން އިބާދުﷲ އަށް އަނިޔާވެ، ފުރުސަތު ގެއްލުނީ އެވެ.

ގދ. ތިނަދޫ އަށް އުފަން، އިބާދުﷲ، އެތުލެޓިކްސް ކެރިއަރު ފަށައިގެން އަހަރު، 2015 އަކީ، ރާއްޖޭގެ އެންމެ ކާމިޔާބު އިންޑިވިޖުއަލް އެތުލީޓު، ހަސަން ސާއިދު، އައިއޯއައިޖީން ރަން މެޑަލް ގެނައި އަހަރެވެ. އިބާދުﷲ، ކެރިއަރު ފެށީ، އުފަން ރަށުގައި ބޭއްވި އިންޓަ ހައުސް މީޓަކުންނެވެ.

އިބާދުﷲގެ ފުރަތަމަ ކޯޗު، ރައުހަތު ގުދުރަތުﷲގެ އެހީތެރިކަމާ އެކު، ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކޮށް، ގައުމީ ޓީމުގައި ވެސް ކުރިއެރުން ހޯދައި، އިބާދުﷲ މިއަދު ދުވަން އެ ތައްޔާރުވަނީ، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް، އޮލިމްޕިކްސްގެ އިވެންޓެކެވެ.