1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

100 އަށްވުރެ ގިނަ ބައިވެރިންނާއިއެކު ބޭސިކް ސައިން ލޭންގުއޭޖު ކޯހުގެ ފުރަތަމަ ބެޗުގެ ތަމްރީނު ފަށައިފި

corse
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދާ ބޭސިކް ސައިން ލޭންގުއޭޖު ކޯސް ފެށުން/ ފޮޓޯ: އާއިލީ ތަރައްގީއާ ބެހޭ ވުޒާރާާ
އައިޝަތު އަންޖަަލް
335ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ކުރިއަށް ގެންދާ ބޭސިކް ސައިން ލޭންގުއޭޖު ކޯސް ފަށައިފިއެވެ.

މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާ އިޝާރާތް ބަހުން މުއާމަލާތުކުރުމަށް ދަސްކޮށްދިނުމުގެ ގޮތުން ފަރުމާ ކޮށްފައިވާ ކޯހެކެވެ. ބެޗުތަކަކަށް ބަހާލައިގެން، ކޮންމެ ބެޗެއްގައި 50 ފަރާތް އެކުލެވޭ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯހުގެ ފުރަތަމަ ބުރުގައި 100 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.

ސެލްފް-ޕޭސްޑްކޮށް  ދެވިފައިވާ  މުއްދަތެއްގެ  ތެރޭގައި  ނިންމާގޮތަށް  ފަރުމާ  ކުރެވިފައިވާ  އެ ކޯހުގެ ފުރަތަމަ މަރުހަލާގައި  ބައިވެރިވާނީ ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކުންނެވެ.

300 × 250

މިއީ ރައްޔިތުންނަށް ހަމަހަމަކަމާއެކު ތަފާތުކުރުމެއްނެތި ފެންވަރު ރަނގަޅު ޚިދުމަތް ފޯރުކޮށްދީ، ސަރުކާރުގެ މުއައްސަސާތަކުން ޚިދުމަތް ހޯދުމުގައި އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ކުރިމަތިވާ ހުރަސްތައް ކުޑަކުރެވި، އެ ފަރާތްތަކަށް މުއައްސަސާތަކުން ފޯރުކޮށްދޭ ޚިދުމަތްތަކާ ހަމަޔަށް ފަސޭހަކަމާއެކު ވާސިލުވެވޭނެ މުހިންމު ފިޔަވަޅެއް ކަމަށް އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

މިކޯސް ކުރިއަށް ގެންދަން ނިންމާފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމްގެ އިސްނެންގެވުމުގެ މަތިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިރިއުޅުމުގެ އެކި ކަންކަމުގައި ދިމާވާ ގޮންޖެހުންތައް މަދުކޮށް، އެހެން މީހުންނެކޭ އެއްފަދައިން މުޖުތަމަޢުގެ އެކި ކަންކަމުގައި ބައިވެރިވެ އުޅުމުގެ ފުރުޞަތު އެފަރާތްތަކަށް ވެސް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށް ވެސް އެ ވުޒާރާއިން ވަނީ ފާހަގަ ކޮށްފައެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި