1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ޓެކްނޮލޮޖީއަށް އަހުލުވެރި މުޖުތަމަޢެއް ބިނާކުރުމުގެ މަސައްކަތް ފަށައިފި

Ailee tharaggi aa behey vuzaara
ޓެކްނޮލޮޖީއަށް އަހުލުވެރި މުޖުތަމަޢެއް ބިނާކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސްއާއި މަޝްވަރާ ބައްދަލުވުމެއް/ފޮޓޯ އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ
އައިޝަތު އަންޖަަލް
242ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ޓެކްނޮލޮޖީ ކުރިއަރަމުންދާއިރު އެއްވެސް ފަރާތެއް ހަވާސާވެ ބާކީ ނުވާ ގޮތަށް، އެންމެންގެ ބައިވެރިވުން އޮންނަ، ޓެކްނޮލޮޖީއަށް އަހުލުވެރި މުޖުތަމަޢެއް ބިނާކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސްއާއި މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އެ ބައްދަލުވުމުގައި ޢާއިލީ ގުޅުންތައް ބަދަހިކޮށް، މުޖުތަމަޢުގައި ހީނަރުވަމުންދާ ގުޅުންތައް ވަރުގަދަކުރުމަށް ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރެވޭނެ ގޮތްތަކަށް ވަނީ އަލި އަޅުވާލާފައެވެ. ޓެކްނޮލޮޖީ ބާރު ސްޕީޑެއްގައި ކުރިއަރަމުންދާއިރު، އެ ބަދަލުތަކަށް މުޖުތަމަޢުގެ އެންމެހައި ފަރާތްތައް ތައްޔާރުވެފައި ތިބުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ވަނީ ބުނެފައެވެ. މިގޮތުން އެ ބައްދަލުވުމުގައި ޢާއިލާތަކަށާއި، ޖުމްލަކޮށް މުޅި މުޖުތަމަޢަށް ފައިދާހުރި ގޮތަކަށް އާންމު ދިރިއުޅުމުގެ ތެރޭގައި ޓެކްނޮލޮޖީ ބޭނުންކުރުމަށް ވަނީ މަޝްވަރާކުރެވިފައެވެ.

ޓެކްނޮލޮޖީއަށް އަހުލުވެރި މުޖުތަމަޢެއް ބިނާކުރުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އުރީދޫ މޯލްޑިވްސްއާއި މަޝްވަރާ ބައްދަލުވުމެއް/ފޮޓޯ އާއިލީ ތަރައްގީއާ ބެހޭ ވުޒާރާ

300 × 250

ޑިޖިޓަލް ދުނިޔޭގައި ބޭނުންވާ ހުނަރާއި އެކްސެސް، ނުވަތަ ޕްލެޓްފޯމުތައް ބޭނުންކުރުމުގެ އިޚްތިޔާރާއި ކުޅަދާނަކަން މުޖުތަމަޢުގެ ކޮންމެ ފަރާތަކަށް ލިބިފައިވުމަކީ ނުހަނު މުހިންމު ކަމެކެވެ. އެހެންކަމުން ރައްކާތެރިކަމާއެކު ޓެކްނޮލޮޖީ ބޭނުންކޮށް، އޭގެ ޒަރީއާއިން ލިބޭ ފުރުސަތުތަކާ ބެހޭ ގޮތުންވެސް އެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި ދިރިއުޅުމުގެ ކަންކަމުގައި މަޝްއޫލުވެ، ދޭދޭ ގުޅުންތައް ހީނަރުވަމުންދާ މި ޒަމާނުގައި މީސް މީޑިއާގެ މަންސަތަކަކީ ޢާއިލީ ގުޅުންތައް ވަރުގަދަ ކުރުމަށް މުހިންމު ވަސީލަތްތަކެއްގެ ގޮތުގައި އެވުޒާރާއިން ފާހަގަކުރިއެވެ.

މީގެ އިތުރުން، ނާޒުކު ހާލަތްތަކުގައި ހަވާސާވެފައިވާ ފަރާތްތަކާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހިމެނޭ ގޮތަށް ޓެކްނޮލޮޖީގެ ކުރިއެރުންތައް އެންމެންނަށް ލިބި، ބޭނުންކުރެވޭނެ ނިޒާމުތައް ހަމަޖެއްސުމަށްވެސް މަޝްވަރާކުރެވުނެވެ. އުރީދޫ މޯލްޑިވްސްއިން ގުޅިގެން ކުރެވޭ މަސައްކަތުގެ އަމާޒަކީ އެއްވެސް ފަރުދަކު ބާކީ ނުވާ، އޯގާތެރި، ގުޅުންތައް ބަދަހި މުޖުތަމަޢެއް ބިނާކުރުން ކަމަށްވެސް އާއިލީތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެއާއެކު އެ މަޝްވަރާތަކުގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައި އެ ވުޒާރާއިން ހިންގާ އެންމެހައި ޕްރޮޖެކްޓުތަކުގައި ޓެކްނޮލޮޖީގެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ކުރުން ކަމަށްވެސް ބުނެފައި ވެއެވެ.

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި