އާދީއްތަދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުމް ގޯސް ވުމާއެކު ވިއްސާރަ ކުރާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ މެޓް އޮފީހުންއިން ބުނެފިއެވެ.
މެޓުން ބުނީ ގުގުރުމާއެކު ވިއްސާރަ ކުރާނެ ކަމަށާއި، ވިލާގަނޑުގަ ގަޑިއަކު 40 މޭލާއި، 45 މޭލާ ދެމެދުގެ ބާރުމިނިގައި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
މިގޮތުން ބޯކޮށް ވާރޭވެހި ވިލާގަނޑުގައި ގަދަ ވާނެތީއާއެކު އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައި ވެއެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން ފަހުގެ މޫސުމީ މައުލޫމާތު ހޯއްދަވައިގެން ދަތުރު ކުރުމަށްވެސް މެޓުން ވަނީ އިލްތިމާސް ކުރައްވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.