1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިންޑިއާ ސަރުކާރުގެ އެހީގައި 28 ރަށެއްގެ ފެނާއި ނަރުދަމާގެ ޚިދުމަތްދިނުމަށް ރަސްމީކޮށް ހަވާލުކޮށްފި

Fenaai narudhamaa gaaim kurun
އިންޑިއާ ސަރުކާރުގެ އެހީގައި 28 ރަށެއްގެ ފެނާއި ނަރުދަމާގެ ހިދުމަތް ދޭން އެއްބަސްވުމާ ސޮއި ކުރުން/ފޮޓޯ : ރައީސް އޮފީސް
އައިޝަތު އަންޖަަލް
413ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިންޑިޔާގެ އެގްޒިމް ބޭންކުން ލައިން އޮފް ކްރެޑިޓް ފެސިލިޓީ މެދުވެރިކޮށް ފައިނޭންސްކޮށްގެން އިންޑިއާ ސަރުކާރުގެ އެހީގައި 28 ރަށެއްގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ހަވާލުކޮށްފިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން 28 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކޮށް ނިންމައި، އެ މަޝްރޫޢުތައް ދިވެހި ސަރުކާރާ ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ. އެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެ ރަސްމިއްޔާތުގައި، މޝްރޫޢުތައް ދިވެހި ސަރުކާރާ ޙަވާލުކޮށްދެއްވީ ރަސްމީ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޑޮކްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރެވެ. ދިވެހި ސަރުކާރުން މި މަޝްރޫޢުތަކާ ޙަވާލުވެވަޑައިގަތީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރެވެ. މި މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ބާވީސް ރަށެއްގައި ފެނުގެ ނިޒާމު ތަރައްޤީ ކުރުމާއި ދެ ރަށެއްގެ ނަރުދަމާގެ ނިޒާމުގެ އިތުރުން ފެނާއި ނަރުދަމާގެ މަޝްރޫޢުތައް އެކުއެކީގައި ކުރިއަށްގެންދިޔަ ހަތަރު ރަށެކެވެ.

300 × 250

މި މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ރިވަރސް އޯސްމޯސިސް (އާރު.އޯ.) ޕްލާންޓްތައް ގާއިމުކުރުމާއި ފެން ރައްކާކުރާ ތާނގީތައް ބެހެއްޓުމާއި ފެންފޯރުކޮށްދިނުމަށް ހޮޅިއެޅުމާއި ފެން މީޓަރު ހަރުކުރުމާއި އޮފީސް އިމާރާތް ބިނާކުރުމާއި ލޮނުފެން ބޭރުކުރުމަށް މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ. އަދި އޮފީސް އިމާރާތުގެ ފުރާޅުގައި އިރުގެ އަވިން ހަކަތަ އުފައްދާ ނިޒާމު ޤާއިމުކޮށް އާރު.އޯ. ޕްލާންޓްތައް ހިންގުމަށް ހޭދަކުރާ ހަކަތައިން ބައެއް، އިއާދަކުރުވަނިވި ހަކަތައިން ފޯރުކޮށްދިނުމުގެ ނިޒާމު ގާއިމުކޮށްފައިވެއެވެ.

އެ މަޝްރޫޢުގެ ދަށުން ގާއިމުކުރާ ނަރުދަމާ ނިޒާމުގެ ތެރޭގައި ހިމެނިގެން ގޭގެއަށް ނަރުދަމާ ހޮޅި ގުޅުމާއި ޕަންޕް ސްޓޭޝަން އެޅުމާއި މޫދަށް ހޮޅި ބޭރުކުރުން ހިމެނެއެވެ.

އެ މަޝްރޫޢަކީ ދިވެހި ރައްޔިތުންނަށް ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ނިޒާމެއް ގާއިމުކުރުމަށްޓަކައި 32،773 މީހުންގެ އާބާދީއަކަށް އަމާޒުކޮށް ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ. މަސައްކަތްނިމި މިއަދު ސަރުކާރާ ހަވާލު ކުރެއްވި 28 ރަށުގެ މި މަޝްރޫޢުތަކުން، 28،298 މީހުންގެ އާބާދީއަކަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެވިގެންދާނެއެވެ. އެއީ ރާއްޖޭގެ އާބާދީގެ ނިސްބަތުން 7 އިންސައްތައެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ފެނާއި ނަރުދަމާގެ ހިދުމަތް ގާއިމް ކުރާ 28 ރަށް:

1- ހއ. ކެލާގައި ފެނުގެ ނިޒާމް ޤާއިމްކުރުން
2- ށ. ފުނަދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
3- ނ. މަނަދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
4- އއ. ތޮއްޑޫގައި ނަރުދަމާ ނިޒާމް ޤާއިމްކުރުން
5- އދ. ދަނގެތީގައި ނަރުދަމާ ނިޒާމް ޤާއިމްކުރުން
6- ކ. ކާށިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
7- ޅ. ކުރެންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
8- ވ. ފެލިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
9- ވ. ފުލިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން
10- ވ. ތިނަދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން
11- ދ. ބަނޑިދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން
12- ދ. މީދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
13- ފ. ދަރަނބޫދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުން
14- ފ. ބިލެއްދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
15- ލ. މާބައިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
16- ލ. އިސްދޫ-ކަލައިދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
17- ލ. މާމެންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
18- ލ. ގަމުގައި ފެނުގެ ނިޒާމް ޤާއިމްކުރުން
19- މ. ކޮޅުފުށީގައި ފެނުގެ ނިޒާމް ޤާއިމްކުރުން
20- މ. މުލީގައި ފެނުގެ ނިޒާމް ޤާއިމްކުރުން
21- މ. މަޑުއްވަރީގައި ފެނުގެ ނިޒާމް ޤާއިމްކުރުން
22- ތ. ހިރިލަންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
23- ގއ. މާމެންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
24- ގއ. ދާންދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
25- ގއ. ގެމަނަފުށީގައި ފެނުގެ ނިޒާމް ޤާއިމްކުރުން
26- ގދ. ފަރެސްމާތޮޑާގައި ފެނުގެ ނިޒާމް ޤާއިމްކުރުން
27- ގދ. ހޯޑެއްދޫގައި ފެނުގެ ނިޒާމް ޤާއިމްކުރުން
28- ގދ. މަޑަވެލީގައި ފެނުގެ ނިޒާމް ޤާއިމްކުރުން

 

 

 

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި