ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް އިންތިހާބުކުރާ ފަނޑިޔާރެއްގެ ގޮތުގައި ސިވިލް ކޯޓުގެ ގާޒީ ފަރުހާދު ރަޝީދު މިއަދު އިންތިހާބު ކޮށްފި އެވެ.
ޖޭއެސްސީއަށް ދަށު ކޯޓުގެ ފަނޑިޔާރަކު އިންތިހާބު ކުރުމަށް މިއަދު ބޭއްވި އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 10 އިން މެންދުރު 12 ޖެހުމާ ހަމައަށެވެ. މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ 166 ފަނޑިޔާރުން ތިއްބެވިއިރު ތިން ފަނޑިޔާރަކު ފިޔަވައި އެހެން ހުރިހާ ފަނޑިޔާރުން ވޯޓު ދެއްވި އެވެ.
މި އިންތިހާބުގެ ވަގުތީ ނަތީޖާގައިވާ ގޮތުން، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖޭއެސްސީއަށް އިންތިހާބުކުރާ ފަނޑިޔާރެއްގެ ގޮތުގައި ފަރުހާދު އިންތިހާބުކޮށްފައި ވަނީ، އެ އިންތިހާބުގައި ވޯޓު ދެއްވި 91 ފަނޑިޔާރުންގެ ތާއީދާ އެކު އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.