1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބްރެޒިލްގެ ސައޯ ޕައުލޯ ސްޓޭޓަށް މަތިންދާބޯޓެއް ވެއްޓި 62 މީހުން މަރުވެއްޖެ

pal
ޝާމިން ސަޢީދު
491ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބްރެޒިލްގެ ސައޯ ޕައުލޯ ސްޓޭޓުގެ ވިންހެދޯ ސިޓީގައި ހުކުރު ދުވަހު މަތިންދާބޯޓެއް ވެއްޓި، އޭގައި ތިބި 62 މީހުން މަރުވެއްޖެއެވެ.

ވޯޕާސް އެއަރލައިންގެ އޭޓީއާރު 72 ދެ އިންޖީނުގެ ޓަރބޯޕްރޮޕް މަތިންދާބޯޓެއް ސައޯ ޕައުލޯގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ގުއަރުލްހޯސްއަށް ދަތުރުކުރަމުން ދަނިކޮށް މި ހާދިސާ ހިނގާފައިވަނީ ވިންހެދޯގެ މަގުފަޅި ލެވިފައިވާ ރަށްވެހި ސަރަހައްދަކަށެވެ.

ވޯޕާސް އެއަރލައިންގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ހާދިސާގައި ފްލައިޓް 2283 ގައި ތިބި 61 މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި 57 ފަސިންޖަރުންނާއި 4 ކުރޫ މެމްބަރުން ހިމެނެއެވެ. އެއަރލައިނުން ފަސިންޖަރުންގެ ނަންތައް ހިމެނޭ ލިސްޓެއް ދީފައިވާއިރު، އެމީހުންގެ ޤައުމުތަކުގެ މަޢުލޫމާތު ދީފައެއް ނުވެއެވެ.

300 × 250

ވިންހެދޯ ސިޓީގައި ބޯޓު ވެއްޓުނު ސަރަހައްދުގައި އެއްވެސް މީހަކު މަރުވިކަމެއް އޮފިޝަލުން ނުބުނެއެވެ. ނަމަވެސް ހާދިސާ ހިނގި ތަނުގައި ތިބި މީހުން ބުނާގޮތުގައި އެ ސަރަހައްދުގެ ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ. ވިންހެދޯއަކީ ސައޯ ޕައުލޯ މެޓްރޯޕޮލިސްއިން 80 ކިލޯމީޓަރު (50 މޭލު) އުތުރު-ހުޅަނގަށް އޮންނަ ސިޓީއެކެވެ.

ވޯޕާސް އެއަރލައިންގެ ބަޔާނުގައި ބުނެފައިވަނީ މިވަގުތު އެ ކުންފުނިން އިސްކަންދެނީ މަރުވި މީހުންގެ ޢާއިލާތަކަށް އެއްވެސް ހުރަހެއްނެތި އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ހާދިސާ ހިނގި ސަބަބު ދެނެގަތުމަށް އޮތޯރިޓީތަކާއެކު އެއްބާރުލުން ދިނުމަށް ކަމަށެވެ.

މިއީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު ނޭޕާލްގައި ޔެޓީ އެއަރލައިންސްގެ މަތިންދާބޯޓެއް ވެއްޓި 72 މީހުން މަރުވި ހާދިސާއަށްފަހު ހިނގި އެންމެ ބޮޑު މަތިންދާބޯޓު ހާދިސާއެވެ.

ވެއްޓުނު ބޯޓަކީ ފްރާންސްގައި ބަނދެފައި އޮތް ބޯޓަކަށް ވެފައި އޭގެ އިންޖީނަކީ ކެނެޑާގެ ކުންފުންޏެއްގެ އުފެއްދުމަކަށް ވާތީވެ، މި ބޯޓުގެ އެންޓީއެސްބީ ތަހުގީގުގައި ބްރެޒިލްގެ އިތުރުން، ފްރާންސާއި ކެނެޑާ ބައިވެރިވާނެއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި