ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދައުލަތުގެ ހިއްސާ އެކުލެވޭ 10 ކުންފުންޏެއްގެ ބޯޑުތަކުން ގިނަ އަދަދެއްގެ މެންބަރުން ވަކިކުރިކަން އިޢުލާނުކޮށްފިއެވެ.
ޕީސީބީގެ ރަސްމީ ބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑުން މުޙައްމަދު ރަޝީދާއި ހާމިދު ސޯދިގް ވަކިކުރެވުނެވެ. އަދި އެ ކުންފުނީގެ ބޯޑަށް ޒިދުނާ އިބްރާހިމް އައްޔަންކުރެވުނެވެ.
މޯލްޑިވްސް ޕޯސްޓްގެ ޗެއަރޕާސަން މުޙައްމަދު ޢަބްދުﷲ އާއި ބޯޑު މެންބަރު މުޙައްމަދު ނާޝިދު ވަކިކުރެވުނު އިރު، ހައްވާ ސަފްނާ އެ ކުންފުނީގެ ބޯޑަށް އައްޔަންކުރެވުނެވެ.
އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ޙުސައިން މުޙައްމަދު ދީދީ، ޝާޠިފް ޢަލީ އަދި ޝަޒްރާ ޝާކިރު ވަކިކުރެވުނެވެ.
ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ބޯޑުން ލަމްޔާ އިބްރާހިމާއި އަޙްމަދު އިފްތިޚާރު ވަކިކުރެވުނެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބޯޑު މެންބަރުކަމުން ނަޖީލް އަޙްމަދު ވަކިކުރެވުނެވެ.
ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންގެ ބޯޑުން ޢަލީ ނަޒީރު، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑުން ޝުހުދާ އިބްރާހިމް، އަދި ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން ނާހިޔާ މުޙައްމަދު ވަކިކުރެވުނެވެ.
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުން ޢަލީ ނަބީލް، މުޞްޠަފާ މުޙައްމަދު އަދި ޢަލީ އިކްރާމް ވަކިކުރެވުނެވެ.
މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ޗެއާޕާސަން އަހުމަދު ޝަހީރާއި ބޯޑު މެންބަރު އިބްރާހިމް ނާއިފާއި އަހުމަދު އީހާބު ވެސް މަގާމުން ވަކިކޮށްފައިވާކަން ޕީސީބީއިން ވަނީ އިއުލާނުކޮށްފަ އެވެ.
މި ބަދަލުތަކަކީ ދައުލަތުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރެއިން ކަމެއް ކަމަށް ބެލެވެއެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.