ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފި އެވެ.

މިއަދު ފާހަގަ ކުރަމުންދާ ޕާކިސްތާނުގެ މިނިވަން ދުވަހުގެ މުނާސަބާގައި ރައީސް ޑރ މުއިއްޒު ޕާކިސްތާނުގެ ބޮޑުވަޒީރު އާސިފް އަލީ ޒަރުދާރީއާއި ބޮޑުވަޒީރު މުހައްމަދު ޝެހެބާޒް ޝަރީފަށް ވަކިން ވަކިން ފޮނުއްވި މެސެޖުގައި ވަނީ ދުވަހުގެ ތަހުނިޔާ ވިދާޅުވެފައެވެ. އަދި އެ ދެ ބޭފުޅުންނަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ޑރ މުޢިއްޒު ވަނީ ވިދާޅުވެފައއވެ.

ދުވަހުގެ މުނާސަބަތުގައި ޕާކިސްތާނުގެ ރައްޔިތުންނަށް ވެސް ރައީސް ވަނީ ތަހުނިޔާ އަރިސްކުރައްވައިފަ އެވެ.

ރައީސްގެ މެސެޖުގައި އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަން ވެސް ފާހަގަކުރައްވައިފައި ވެއެވެ.

އިނގިރޭސިންގެ އަތް ދަށުން މިނިވަންވެ ޕާކިސްތާނުން މިނިވަންކަން އިއުލާންކުރީ 14 އޮގަސްޓް 1947ވަނަ އަހަރު އެވެ. މިއަދު ފާހަގަކުރަނީ ޕާކިސްތާނުގެ 78 ވަނަ މިނިވަން ދުވަހެވެ.