1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އިސްލާމީ ވުޒާރާއާ އައިއެމްޔޫ އާއި ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިސްލާމީ ވުޒާރާއާ އިސްލާމިކް ޔުނިވާސިޓީ އާއި ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި ސޮއިކުރުން -
މަރްޔަމް ޝަފާ ސައީދު
211ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އާ ދެމެދު މުހިއްމު ދެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ.

މި ރަސްމިއްޔާތުގައި ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމަކީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި އިސްލާމީ ޔުނިވާސިޓީ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ދިރާސާއެއްގެ އެއްބަސްވުމެވެ. މި އެއްބަސްވުމުގެ ދަށުން "ލޯކަލް ޓޫރިޒަމްގެ ސަބަބުން މުޖުތަމަޢަށް ކުރާ އަސަރު" ގެ މައްޗަށް ޚާއްޞަ ދިރާސާއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި ދިރާސާ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޛާ ޙައްވާ ލަޠީފްއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ އެ ޔުނިވާސިޓީގެ ޑީން ޑރ. އާމިނަތު ޝާފިޔާ އާދަމްއެވެ.

300 × 250

އިސްލާމީ ވަޤްފު ފަންޑު މަހާސިންތާގެ ޕްލެޓިނަމް ސްޕޮންސަރަކަށް

މީގެ އިތުރުން، މި ރަސްމިއްޔާތުގައި ވަނީ އިސްލާމީ ޔުނިވާސިޓީން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ޢިލްމީ ކުރިއެރުމާއި ބެހޭ ބައިނަލްއަޤުވާމީ މަހާސިންތާ" ގެ ޕްލެޓިނަމް ސްޕޮންސަރެއްގެ ގޮތުގައި އިސްލާމީ ވަޤްފު ފަންޑު ހަމަޖެއްސުމުގެ އެއްބަސްވުމުގައިވެސް ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާޢު ޢަބްދުލް ޙަކީމް އެވެ. އަދި އިސްލާމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. ވިސާލް މޫސާ އެވެ.

މި ދެ އެއްބަސްވުމަކީވެސް ރާއްޖޭގެ ދީނީ އަދި އިޖުތިމާޢީ ދާއިރާއިން ޢިލްމީ ދިރާސާތައް ކުރުމަށާއި، ބައިނަލްއަޤުވާމީ ފެންވަރުގައި ބޭއްވޭ ޢިލްމީ މަހާސިންތާތަކަށް އެއްބާރުލުން ދިނުމުގެ މަޤްޞަދުގައި ވެވުނު މުހިއްމު އެއްބަސްވުންތަކެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި