ރާއްޖޭގައި އާންމުން އެންމެ ރައްޓެހި އެޕްލިކޭޝަން، ވައިބާ ހެކް ކުރުން އިތުރުވެފައިވާތީ އެ ކަމަށް ސަމާލުވުމަށް ދިވެހި ފުލުހުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އެކްސް ޕޯސްޓެއްގައި ފޯނަށް އަންނަ އޯޕީޑީ ނުވަތަ ވެރިފިކޭޝަން ކޯޑު އެހެން ފަރާތްތަކާ ހިއްސާ ނުކުރުމަށް އެދިފައިވެއެވެ. މީގެ އިތުރުން މީހަކަށް ފައިސާ ފޮނުވުމުގެ ކުރިން، ފައިސާ ފޮނުވެނީ ކާކަށްކަން ކަށަވަރުކުރުމަށް ވެސް ފުލުހުން އެދިފައިވެއެވެ.
މި ފަދަ ގޮތަކުން ފައިސާ ފޭރެން އުޅޭކަމަށް ޝައްކު ކުރެވިއްޖެ ނަމަ ލަސްނުކޮށް ފުލުހުންނަށް މައްސަލަ ރިޕޯޓު ކުރުމަށް ފުލުހުން އެދިފައިވެއެވެ.
ފަހަކަށް އައިސް ވައިބާ ހެކްކޮށް، އާއިލާ މީހުންނަށް މެސެޖް ފޮނުވައިގެން ރުފިޔާ ފޭރޭ ދިވެހިންގެ އަދަދު ގިނަވެފައިވާކަން ފާހަގަކޮށްލެވެއެވެ. އެ ފަދަ ފަރާތްތަކުން ފޮނުވާ ލިންކުތަކަށް ނުފިތުމަށް ފުލުހުން ގެންދަނީ އެކި ފަހަރުމަތިން އެދެމުންނެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.