ގްލޯބަލް ސައުތު ސަމިޓުގެ ތިންވަނަ ވޮއިސްގެ ޚާރިޖީ ވަޒީރުންގެ ސެޝަންގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު ބައިވެރިވެ ވަޑައިގެންފިއެވެ.
އެ ސެޝަންގައި ވާހަކަދައްކަވަމުން އެސް.ޑީ.ޖީ.އާ މެދު އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގްލޯބަލް ސައުތުގެ ތެރެއިންނާއި ބޭރުން އިތުރަށް އެއްބާރުލުން ދެއްވުމަށް މިނިސްޓަރު އެދިވަޑައިގެންފައެވެ. އިންޑިއާ ސަރުކާރުން ވަރޗުއަލް ފޯމެޓެއްގައި އިއްޔެ ބޭއްވި ގްލޯބަލް ސައުތު ސަމިޓުގެ ތިންވަނަ ވޮއިސްގެ ފޮރިން މިނިސްޓަރުންގެ ސެޝަންގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވާހަކަފުޅު ދެއްކެވަަމުނަ ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީއަށް، ޚާއްޞަކޮށް ރެޒިލިއަންސް ބިލްޑިންގއަށް އޮތް ހުރަހަކީ ދަރަނި ކަމަށެވެ. އަދި ކޮންސެޝަނަލް ފައިނޭންސިންގ ނުވަތަ ޑެޓް ސަޕޯޓަށް ވާޞިލުވުން ހަނިކުރާ ފްރޭމްވޯކްތަކަށް ވެސް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމުގައެވެ.
މީގެ އިތުރުން ކްލައިމެޓް ޖަސްޓިސް ސްމޯލްސް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) އާއި ގްލޯބަލް ސައުތު އަދި ދުނިޔޭގެ ޑިމާންޑާއި ޙައްޤު ކަންކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޑިޖިޓަލް ވަސީލަތްތައް ހަމަހަމަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދެއްކެވިއެވެ.
ވޮއިސް އޮފް ގްލޯބަލް ސައުތު ސަމިޓަކީ ޖީ-20 ގެ މެމްބަރު ނޫން ގައުމުތަކަށް ހާއްސަކޮށް ގްލޯބަލް ސައުތުއަށް ޕްލެޓްފޯމެއް ދިނުމަށް އިންޑިއާއިން ޖީ20ގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިފްތިތާހުކޮށްދެއްވި އެއް ދުވަހުގެ މި ސަމިޓްގައި މިނިސްޓީރިއަލް ލެވެލްގައި 10 ތީމެޓިކް ސެޝަނެއް ހިމެނެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.