ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ އާބަން ޑިވެލޮޕްމެންޓު ބިލުން ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އާބަން ސެންޓަރުތައް ގާއިމްވެ، އިންކްލޫސިވް ތަރައްޤީއެއް ގެނެސްދޭނެކަމުގެ އުންމީދު އާވެގެން ގޮސްފައިވާ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަލްސާން ވިދާޅުވެއްޖެ އެވެ. މިއަދު މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އަލްސާން ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި ރޭވުންތެރިކަމެއްނެތި މާލެ ސަރަހައްދު އާބާދުކުރެވި، މާލެ ތޮއްޖެހި، ގިނަ މީހުން ދަތިހާލުގައި އުޅެންޖެހުނު ކަމަށެވެ. އަދި އަސާސީ ޚިދުމަތްތައް ރަށްރަށުން ނުލިބުމުން ޒުވާނުން މާލެއަށް ހިޖުރަކުރި ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަލްސާން އިތުރަށް ވިދާޅުވީ، އުމްރާނީ ތަރައްޤީ ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި ފެންނަންޖެހޭ ކަމަށާއި، އާބަން ޑިވެލޮޕްމެންޓު ބިލުން މިކަން ޙާޞިލުވެ، މުޅި ގައުމު ތަރައްޤީވެގެންދާނެ ކަމުގެ އުންމީދު އޮތް ކަމަށެވެ. މި ބިލު މަޖިލީހުގައި ބަހުސްކުރެވެމުންދާއިރު، ގިނަ މެންބަރުން ވަނީ މި ބިލަށް ތާއީދުކުރައްވާފައެވެ. ބިލު ފާސްވެއްޖެނަމަ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާބަން ސެންޓަރުތައް ގާއިމްކުރެވި، ރަށްރަށުގެ ތަރައްޤީއަށް އައު ދޮރެއް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. އަލްސާން އިތުރަށް ފާހަގަކުރެއްވީ، މި ބިލުގައި ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދެވޭނެ ގޮތްތައް ހިމެނިގެން ދިޔުމަކީ ވަރަށް ރަނގަޅު މާއްދާއެއް ކަމަށެވެ.
މިއަދު މަޖިލީހަށް ހުށަހެޅުނު އާބަން ޑިވެލޮޕްމެންޓު ބިލުގައި ނުހަނު މުހިންމު ކަންތައްތަކެއް ހިމެނިފައިވާކަން ފާހަގަކުރައްވައި އަލްސަން ވިދާޅުވީ ވަކިން ޚާއްސަކޮށް ދެމެހެއްޓެނިވި ތަރައްޤީގެ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިޔަށްގެންދެވޭނެ ގޮތްތައް ހިމެނިގެން ދިޔުމަކީ ބިލުގައި ހިމެނިފައިވާ ވަރަށް ރަނގަޅު މާއްދާއެއް ކަމަށެވެ.
އެހެން ކަމުން އަދުގެ ސަރުކާރުން އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ގުދުރަތީ މުއްސަދިކަން ދެމެހެއްޓޭނެ ގޮތަކަށް އަދި ރާއްޖޭގެ އެކި އަތޮޅުތަކުގައި އާބަން ސަރަހައްދުތައް ތަރައްޤީކުރެވޭނެ ވިސްނުން ގެންގުޅުމަކީ އޭގެ ފައިދާ ޒަމާންތަކަށް ލިބޭނެ ކަމެއް ގޮތުގައި ދެކޭކަމަށް އަލްސަން ވިދާޅުވިއެވެ. އަދި ކޮމެޓީ މަރުހަލާގައި މި ބިލަށް މިހާރަށް ވުރެ ބޮޑަށް މަޝްވަރާކުރެވި އަދި ގެންނަނަށް ޖެހޭ އިސްލާހުތައް ގެނެސް މި ބިލް ވީ އެންމެ އަވަހަކަށް ގާނޫނަކަށް ވެގެންދިޔުމަކީ އެދިވަޑައިގަންނަވާ ކަމެއް ކަމަށް އަލްސަން ވިދާޅުވިއެވެ.
ސ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.