1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

އުތުރުގެ ސަރަހައްދުތަކުން ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭނެ

909
މަރްޔަމް ޝަފާ ސައީދު
429ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރާއްޖޭގެ އުތުރުގެ ސަރަހައްދުތަކުން ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭނެ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

ވަޒީރުންގެ މަޖިލީހުގެ ނިންމުމާ އެއްގޮތަށް، މަސްވެރިކަމާބެހޭ ވުޒާރާއިން ލޭނު މަސްވެރިކަމަށް ޚާއްސަ ޤަވާއިދެއް ވަނީ އެކުލަވާފަައެވެ. މި ގަވާއިދުގެ މަގުސަދަކީ ދިވެހިންނަށް ލޭނު މަސްވެރިކަމުގެ ފުރުސަތު ހުޅުވާލުމެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމާ އެއްގޮތަށް މަސްވެރިކަމާއިބެހޭ ވުޒާރާއިން ވަނީ އެކަމަށް ޚާއްސަ ޤަވާއިދެއް އެކުލަވާލާފައެވެ. އެގަވާއިދުގައި ލޭނު މަސްވެރިކަން ކުރެވޭނީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން 100 މޭލު ބޭރުގައިކަމަށް ބަޔާންކޮށްފައިވެއެވެ. ރާއްޖޭގެ އުތުރުގައި ލޭނު މަސްވެރިކަން ކުރުމަކީ މަނާކަމެކެވެ. ހުއްދަ ދެވޭ ސަރަހައްދަކީ އައްޑު އަތޮޅުގެ އިރާއި ހުޅަނގުން ފެށިގެން ރ. އަތޮޅުގެ އަލިފުށީގެ ދެކުނާ ހަމައަށް ކަމަށް ވެސް އޭގައި ބުނެފައިވެއެވެ. އަދި ހަމައެހްނެމ އައްޑޫ އަތޮޅުގެ ދެކުނުގައި އިކުއިޑިސްޓެންސް ބައުންޑަރީ ކަނޑައެޅުމާ ގުޅިގެން އެ ސަރަހައްދުގައިވެސް ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ނުދެވޭނެ ކަމަށްވެސް ގަވާއިދުގައި ވެއެބެ. ރާއްޖޭގައި ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމާ އެއްގޮތަށް މަސްވެރިކަމާއިބެހޭ ވުޒާރާއިން ވަނީ އެކަމަށް ޚާއްސަ ޤަވާއިދެއް އެކުލަވާލާފައެވެ. އެ ޤަވާއިދުގެ ދަށުން ލޭނު މަސްވެރިކަމަށް ހުއްދަ ދޭނެ އުޅަނދުތަކާއި އުޅަނދުތަކުގައި ހުންނަންޖެހޭ މިނގަނޑުތައް ކަނޑައަޅާފައިވާއިރު، އެކަމުގެ މަޤްޞަދަކީ ދިވެހިންނަށް ލޭނު މަސްވެރިކަމަށް ފުރުސަތު ހުޅުވާލުން ކަމަށް މަސްވެރިކަމާއިބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެގޮތުން މިހާރުވެސް ދިވެހި އުޅަނދުތައް ލޭނު މަސްވެރިކަން ކުރުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

300 × 250

ދިވެހިންނަށް ލޭނު މަސްވެރިކަން ކުރުމަށް ފުރުސަތު ދޭއިރު، ލޭނު މަސްވެރިކަން ކުރާނެ ސަރަހައްދުތައް އެ ވުޒާރާއިން ވަނީ ކަނޑައަޅާފައެވެ. އެގޮތުން ލޭނު މަސްވެރިކަން ކުރަން ހުއްދަދެނީ ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދުން 100 މޭލު ބޭރުގައެވެ. މިގޮތަށް ހުއްދަދޭއިރު މަސްވެރިކަމާއި ބެހޭ ވުޒާރައިން ވަނީ ކަންނެލި ބާނަން އެންމެ ގިނަ މަސްވެރިން ހަރަކާތްތެރިވާ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ލޭނު އަޅަން ހުއްދަ ނުދޭން ނިންމާފައެވެ.

އެގޮތުން ލޭނު މަސްވެރިކަމަށް ހުއްދަ ދޭނީ ރާއްޖޭގެ ދެކުނުން އައްޑު އަތޮޅުގެ އިރާއި ހުޅަނގުން ފެށިގެން ރ. އަތޮޅުގެ އަލިފުށީގެ ދެކުނާ ހަމައަށެވެ. އެހެން ކަމުން ރ. އަތޮޅުން ފެށިގެން އުތުރަށް ލޭނު މަސްވެރިކަން ނުކުރެވޭނެއެވެ. ދާދިފަހުން ރާއްޖޭގެ ދެކުނުން އައްޑޫ އަތޮޅުގެ ދެކުނަށް އިކުއިޑިސްޓެންސް ބައުންޑަރީ ކަނޑައެޅުމާއެކު އެ ސަރަހައްދުންވެސް 100 މޭލަށް ވުރެ ބޭރު ނުލިބޭތީ އެ ސަރަހައްދުގައިވެސް ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ނުދޭނެކަން މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވަްއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ބޮޑުކަންނެލި އަދި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ލޭނު މަސްވެރިކަން ކުރުމުގެ ފުރުސަތު ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވަނީ މިދިޔަ މާޗު މަހުއެވެ. އެއާއިއެކު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ލޭނުމަސްވެރިކަން ކުރުމާ ބެހޭ ގަވާއިދެއް އެކުލާވާލައި އެއަށް އާންމުންގެ ޚިޔާލު ހޯދިއެވެ. ރާއްޖޭގައި ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުމަށް ނިންމުމާއި ގުޅިގެން ކަންނެލީގެ މަސްވެރިކަން ކުރާ ބައެއް ފަރާތްތަކުން ވަނީ ކަނބޮޑުވުން ފާޅުކޮށްފައެވެ. މި ކަންބޮޑުވުންތަކާއި ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއިބެހޭ ވަޒީރު އަހުމަދު ޝިޔާމް ވަނީ ލޭނު މަސްވެރިކަމަށް ހުއްދަ ދޭއިރު ކަންނެލި މަސްވެރިންގެ މަސްލަހަތު ގެއްލޭ ގޮތަށް ހުއްދަ ނުދޭނެ ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގައި އާއްމު ގޮތެއްގައި ކުރަނީ އިގްތިސޯދީ ސަރަހައްދުގެ 100 މޭލުގެ އެތެރޭގައި ކުރާ ދޮށީގެ މަސްވެރިކަމެވެ. އަދި ބޭރު ކަނޑުގައި ލޭނު އެޅުމުގެ މަސްވެރިކަމަކީ ހާއްސަ ހުއްދައެއް ލިބިގެން ކުރާ މަސްވެރިކަމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި