އުރީދޫ އިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މަސް ރޭހުގެ މި އަހަރުގެ ފަހު ރޭސް ތިނަދޫ ސިޓީގައި ފަށައިފިއެވެ.

މި މަސްރޭސް ކުރިއަށްދާނީ މިރޭ 9:00 ޖަހަންދެނެއެވެ. މިއަދު 2:00 ޖަހާއިރު ފަށަން އޮތް މި މަސްރޭހުގެ ދޯނިތައް ތިނަދޫ އައިސް ޕްލާންޓް ޖެޓީން ނައްޓާލީ 2:25 ގައެވެ.

ވާދަވެރި ރޫޙެއްގައި އުރީދޫ މަސް ރޭސް ތިނަދޫ ސިޓީގަ/ފޮޓޯ: ހުވަދޫ އަޙްތަރު

މިރޭހުގައި ބައިވެރިވާ މީހުންގެ ތެރެއިން ވަނަވަނައަށް އަންނަ ފަރާތްތަކުގެ ތެރެއިން އެއް ވަނައަށް ހޮވޭ ޓީމަކަށް ކަނޑައެޅިފައިވަނީ 25،000ރ އެވެ. އަދި  ދެ ވަނައަށްދާ ޓީމަކަށް 10،000ރ ލިބޭނެ އެވެ. ތިން ވަނައަށް ހުށަހަޅާފައި ވަނީ 5،000ރ އެވެ.

މި މުބާރާތުން ޖުމްލަ 8 ޓީމަކުން ވާދަކުރެއެވެ.