ސިޔާސީގޮތުން ފާޑުކިޔުން މައްސަލައެއްނޫން ކަމަށާއި އެހެނެއްކަަމަކު ދޮގު ހަބަރު ފެތުރުމަކީ ނާތަހުޒީބު އަމަލެއް ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ސަޢީދު ކަންބޮޑުވުން ފާޅުކުރައްވާފައި މިވަނީ ވަޒީރުގެ ދަރިފުޅަކީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށާއި އަދި އެ ކުއްޖާ ކިޔަވަމުން ގެންދަނީ ހުޅުމާލޭގައި ހުންނަ އަޖިޔާލް އިންޓަރނޭޝަނަލް ސްކޫލުގައި ކަމަށް ބުނެ އަދި އެ ސްކޫލުގެ އިނގިރޭސި ޓީޗަރަކު އަނބުރާ ފޮނުވާލުމަށް ވަޒީރު ސަޢީދު އެދިވަޑައިގެންނެވި ކަމަށް ބުނެ، ހަސަން ކުރުސީގެ އެކްސް ޕޯސްޓެއްގައި ލިޔެފައިވާ ވާހަތަކަކާ ގުޅިގެންނެވެ.
މި މައްސަލައާ ގުޅޭގޮތުން ވަޒީރު ސަޢީދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، "ސިޔާސީގޮތުން ވަޒީރާމެދު ފާޑުކިޔުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެހެންނަމަވެސް ހަސަންކުރުސީގެ ނަމުގައި ފިލާތިބެ ބަޔަކު ޒާތީވެ، އަޅުގަނޑުގެ 4 އަހަރުގެ ތުއްތުދަރިފުޅުގެ މުޅި ތަޢުލީމީ ޙަޔާތް ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލައި ދޮގުޚަބަރުތައް ފެތުރުމަކީ ނާތަހުޒީބު ޢަމަލެއް ކަމަށެވެ.
"ސިޔާސީގޮތުން އަޅުގަނޑާއިމެދު ފާޑުކިޔުމަކީ މައްސަލައެއް ނޫން. ހަސަންކުރުސީގެ ނަމުގައި ފިލާތިބެ ބަޔަކު ޒާތީވެ، އަޅުގަނޑުގެ 4 އަހަރުގެ ތުއްތުދަރިފުޅުގެ މުޅި ތަޢުލީމީ ޙަޔާތް ނުތަނަވަސްކަމުގެ ތެރެއަށް ވައްޓާލައި ދޮގުޚަބަރުތައް ފެތުރުމަކީ ނާތަހުޒީބު ޢަމަލެއް،"
މި މައްސަލައިގައި ވަޒީރު ސަޢީދުގެ ވާހަކަފުޅުން ދޭހަވަނީ، އެމަނިކުފާނުގެ ދަރިފުޅުގެ ތަޢުލީމީ ކަންކަމާ ގުޅޭގޮތުން ދޮގު މަޢުލޫމާތު ފެތުރުމަކީ ކުޑަކުދިންގެ ޙައްޤުތަކަށް އަރައިގަތުމެއް ކަމަށެވެ. އަދި މިފަދަ ޢަމަލުތަކަކީ ސިޔާސީ ބޭނުމަށްޓަކައި ކުރާ ކަންކަން ކަމަށް ވަޒީރު ދެކެވަޑައިގަންނަވާކަން ވެސް އެނގެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.