ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ރުފިޔާ ކާޑުތަކަށް ޑޮލަރު ނުދޭން ބޭންކްގެ ބޯޑުން ނިންމި ނިންމުން ބަދަލުކުރުމަށް ބީއެމްއެލްގެ ބޯޑު ބައްދަލުވުން މިއަދު 13:30 ގައި ބޭއްވުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން މިއަދު ވަނީ އެ ބޭންކުގެ ކަސްޓަމަރުންނަށް ދޫކޮށްފައިވާ ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ޑޮލަރުން ކުރެވޭ މުއާމަލާތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. ބީއެމްްއެލުން ގެނައި މި ބަދަލާ ގުޅިގެން މިހާރު ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ރާއްޖެއިން ބޭރަށް އެއްވެސް ތަނަކަށް ފައިސާއެއް ނުދެއްކޭނެއެވެ.

އަދި ރާއްޖެއިން ބޭރުގެ އެއްވެސް ޕީއޯއެސް އަދި އޭޓީއެމަކުން ވެސް ފައިސާ ނުނެގޭނެއެވެ.

ވިސާ ޑެބިޓް ކާޑުގެ އިތުރުން ބީއެމްއެލުން ވަނީ ކްރެޑިޓް ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކަށްވެސް ބަދަލުގެނެސްފައެވެ.  މިހާރު ކްރެޑިޓް ކާޑްތައް ބޭނުންކޮށްގެން މަހެއްގެ މައްޗަށް މުއާމަލާތްކުރެވޭނީ 100 ޑޮލަރަށް ވާވަރަށެވެ.