1. މާލެ ނޯތު ހާބަރު ސަރަހައްދުގައި އޮތް ބޯޓަކުން ވަގަށް ނެގި ބައި ލައްކަ ރުފިޔާގެ ރިހާކުރު ޓައްޕުތަކެއް ފުލުހުން ހޯދައިފި އެވެ.

ފުލުހުން މިރޭ ބުނީ ބޯޓަކުން ރިހާކުރު ޓައްޕުތަކެއް ވަގަށް ނަގާފައިވާ މައްސަލައެއް މިދިޔަ ހުކުރު ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އެ ތަކެތި ހޯދުމަށް ސީސީޓީވީ ފޫޓޭޖް ބަލައި ދެނެގަނެ، ފުލުހުން ކުރި މަސައްކަތުން ރިހާކުރު ޓައްޕުތައް މިހާރު ހޯދާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި މި ތަކެތި ހޯދީ މީހަކަށް ވިއްކާލައި ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ. މި ރިހާކުރު ޓައްޕުތަކުގެ އަގު 50،000 ރުފިޔާއަށް އަރާނެ ކަމަށް ވެރިފަރާތާ ހަވާލާދީ ފުލުހުން ބުނެ އެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން ގެންދަނީ މިހާރު މި މައްސަލަ ތަހުގީގު ކުރަމުންނެވެ.