ކުޑަކުއްޖެއްގެ ގައިގާ ޖަހާ, މާރާމާރީ ހިންގި މައްސަލައެއްގައި 25 އަހަރުގެ އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން މިއަދު ކުރި އިއުލާނުގައި ބުނީ އެ މައްސަލާގައި ފުލުހުންގެ އިދާރާއަށް ހާޒިރުކުރަން ބޭނުންވަނީ ގދ. ގައްދޫ, ދިލާވަރުގެ އުމުރުން 25 އަހަރުގެ ޝަފުރާ އަބްދުﷲ އާދަމް ކަަމަށާއި މިއީ ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ޝަފޫރާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ.އަދި އެ އިއުލާނުކޮށްފައިވަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ ޝަފޫރާ ހާޒިރުކުރަނީ ތުހުމަތުކުރެވޭ މައްސަލާގެ ތަހުގީގަށް ސުވާލުކުރުމަށް ކަމަށެވެ.
އަންނަ ހޯމަ ދުވަހުގެ ހެނދުނު 10 ޖަހާއިރު ޝަފޫރާ ހާޒިވާން ޖެހެނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ނުވަތަ ގައްދޫ ޕޮލިސް ސްޓޭޝަނަށް ކަމަށް ފުލުހުންގެ އިއުލާނުގައި ބުނެފައިވެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.