މާލެ ސަރަހައްދުގައި ރަޖިސްޓްރީނުކޮށް ހުރި އުޅަނދުތައް ވީހާވެސް އަވަހަށް ހުޅުމާލޭގައި ހާއްސަކޮށްފައިވާ ބިމަށް ގެނައުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެދިއްޖެއެވެ.
ދަތުރުފަތުރާއި ބެހޭ ވުޒާރާއިން މިއަދު ކުރި އިއުލާނެއްގައި ބުނީ ރަޖިސްޓްރީ ނުކޮށް ބަންޑާރަ މަގުތަކުގައި ދުއްވާ އަދި ޕާކު ކުރާ އުޅަނދުތަކާއި އެހެން ޒޯނުތަކުގައި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް "އޭ" ޒޯނުގައި ދުއްވާ ދުއްވުމާއި، ޕާކު ކުރުމާއި، ބޭނުންކުރުން ހުއްޓުވައި އެ އުޅަނދުތައް ގާނޫނާއި ގަވާއިދުތަކުގެ ތެރެއަށް ގެނައުމުގެ ފުރުސަތު ދިނުމުގެ ގޮތުން މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެފަދަ އުޅަނދުތައް ޕާކު ކުރަން ހުޅުމާލޭގެ ލޮޓު ނަމްބަރު 452 ބިމުގައި ވަގުތީ ގޮތުން ބަހައްޓާނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ. މި ބިން ހުންނަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގަ އެވެ. ދަތުރުފަތުރާ ބެހޭ ވުޒާރާއިން މި އިންތިޒާމުތައް ހަމަޖެއްސީ ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާއެކު މަޝްވަރާކޮށްގެންނެވެ







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.