1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ބިއުޓީ ސެލޫން ހިންގި ރިޒް ޑީޕޯޓު ކޮށްލީ ވިސާއާ ހިލާފު ވުމުން: ވަޒީރު އިހުސާން

ރި
ޑީޕޯޓްކޮށްލި ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން ދިޔަ ރަޖަނީ ޝްރެސްތާ
މަރްޔަމް ޝަފާ ސައީދު
620ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން ދިޔަ ރަޖަނީ ޝްރެސްތާ (އާންމު ނަމުންނަމަ ރިޒް) ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން ދިޔައީ ގަވާއިދާ ހިލާފަށް ކަމަށާއި އަނބުރާ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓުކޮށްލީ އޭނާގެ ވިސާއާ ހިލާފުވުމުން ކަމަށް ހޯމްލޭންޑް މިނިސްޓަރު މުހައްމަދު އިހްސާން ވިދާޅުވެއްޖެއެވެ

ވަޒީރު އިހްސާން މިހެން ވިދާޅުވީ މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ސޯޝަލް މީޑިއާގައި ވަރަށް ފުޅާކޮށް އިޝްތިހާރު ކުރަމުން ދިއުމުގެ ސަބަބުން ގިނަަ ދިވެހިންގެ މެދުގައި މަގުބޫލު ބިއުޓީޝަނެއް ކަމަށްވާ، "ސެލޫން ބާއި ރިޒް" ގެ ނަމުގައި ބިއުޓީ ސެލޫންގެ ވިޔަފާރި ކުރަމުން ދިޔަ ރިޒް ޑީޕޯޓްކޮށްލީ އޭނާގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކަމަށް ބުނެ މީސްމީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ޚިޔާލުފާޅު ކުރަމުންނެވެ.

300 × 250

ސޯޝަލްމީޑިޔާގައި އެކިމީހުން ހިއްސާކުރަމުންދާ މިފަދަ ވާހަކަތަކަށް އަމާޒުކޮށް ވަޒީރު ވިދާޅުވި ގޮތުގައި ބިއުޓީސެލޫން ހިންގަމުންދިޔަ މައްސަލައިގައި ރިޒް ޑީޕޯޓްކޮށްލީ ވިސާއާ ޚިލާފަށް ވިޔަފާރީގައި ބައިވެރިވެ ވިޔަފާރި ހިންގަމުންދާތީ ކަމަށެވެ.

އިމިގްރޭޝަނުން މިހާރު ފޯކަސްކުރަނީ މިހާރު އިމިގްރޭޝަނުން ކުރިޔަށް ގެންދާ ރެއިޑްތަކުގައި ފޯކަސް ކުރަނީ ކްރިމިނަލް ކަންކަން ކުރާ މީހުންނަށާއި, ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ވިޔަފާރި ކުރާ ހިންގަމުންދާ ފަރާތްތަކާއި, އާއްމު ސިއްހަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރަމުންދާ ފަރާތްތަކަށް ކަމަށެވެ.

ރިޒް ވިޔަފާރީގައި އެންޖޭގްވިކަން އިމިގްރޭޝަނުން ކަށަވަރުކުރި ގޮތް ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، އެ ސެލޫންގެ ކައުންޓަރުގައި އިންނަ ބޯޑުގައި އިންނަ އެކައުންޓް ނަންބަރަކީ، ރިޒް ޕާސަނަލް ގުޅުމެއް ބާއްވައިގެން އުޅުނު ރާއްޖޭގައި އުޅުނު އިތުރު ބިދޭސީއެއްގެ އެކައުންޓް ނަންބަރު ކަމަށެވެ. އަދި ވިޔަފާރި ކުރަނީ އޯނަރު ނުވަތަ ކުންފުނިން ނޫން ކަމަށާއި ފައިސާ ރޯލް ވަނީ ބިދޭސީއެއްގެ ނަންމަތީގައި އޮތް އެކައުންޓަކަށް ކަމަށް ވެސް  ވަޒީރު ވިދާޅުވިއެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި