ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުޙަބާ ވިދާޅުވުމާއެކު ތައުރީފު ކުރައްވައިފިއެވެ.

ރާއްޖޭގައި ލޭނު މަސްވެރިކަން ކުރަން ހުޅުވައިނުލުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ނިންމެވިއިރު، ލޭނު މަސްވެރިކަން ކުރަން ހުއްދަ ނުދިނުމަށް ބައެއް ފަރާތްތަކުން ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މުޙައްމަދު ނަޝީދު ވިދާޅުވީ ލޭނު މަސްވެރިކަމަށް ހުއްދަ ދިންނަމަ ބައިނަލްއަގުވާމީ ބާޒާރުގައި ރާއްޖޭގެ މަސްވެރިކަމަށް ލިބިފައިވާ އިތުބާރާއި ޤަދަރު ވެއްޓި، ފަތުރުވެރިކަމުގެ ދާއިރާއަށް ވެސް އެކަމުގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ. އަދި މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ނިންމެވެން އޮތް އެންމެ ރަނގަޅު ނިންމުން ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

https://twitter.com/MohamedNasheed/status/1829123969611391097?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1829123969611391097%7Ctwgr%5Eba0be27ba37370320a56ba5d2c786f73748ce868%7Ctwcon%5Es1_&ref_url=https%3A%2F%2Fpsmnews.mv%2F143013

ނަޝީދުގެ އެކްސްޕޯސްޓުގައި ވިދާޅުވީ ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާއިރު، ރާއްޖެއަކީ އެންމެ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަންކުރާ ގައުމުކަމަށެވެ. އަދި ވިލާތުގެ ޤައުމުތަކުން ދާ އަޅައިގެން ކަނޑުގައި އޮންނަހާ އެއްޗެއް ނަގަމުންދާއިރު، ރާއްޖެފަދަ ދެމެހެއްޓެނިވި މަސްވެރިކަމެއް ކުރާ ގައުމަކުން ޔޫރަޕުން އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ނެގުން ބަދަލު ކުރަން ޖެހޭ ކަމަށެވެ.