ސާނަވީ ތައުލީމު ނުވަތަ އޭ ލެވެލް އިމްތިހާނާއި މަތީ ސާނަވީ ތައުލީމު ނުވަތަ އޭ ލެވެލް އިމްތިހާނުގެ "ފޭކު" ސަނަދުތަކެއް ދައުރުވަމުންދާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ބުނެފި އެވެ.
އެމްކިއުއޭ އިން ނެރުނު ނޫސް ބަޔާނުގައި ބުނީ ފޭކް ސަނަދުތަކެއް ދައުރު ވަމުންދާކަން އެނގުނީ އެ އޮތޯރިޓީގެ ދެ ހިދުމަތަކަށް އެދި ދެފަރާތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަކާއެކު ހުށަހެޅި މަތީ ތައުލީމުދޭ މަރުކަޒެއްގެ ދެމަރުކަޒެއްގެ ދެ ސަނަދަކުންކަމެވެ. އެެ ދެ ސަނަދަކީ ފޭކް ސަނަދެއް ފާހަގަކުރެވިގެން އެ ހުށަހެޅި ފަރާތްތަކާ މަޝްވަރާ ކުރުމުން އެދެފަރާތުންވެސް އެ ދެ ސަނަދަކީ ފޭކު ސަނަދުތަކެއްކަމަށް ބުނެފައިވާ ކަމަށެވެ. އޭގެ ތެރެއިން އެއް ސަނަދަކީ ޓީޗިން ދާއިރާއާ ގުޅުން ހުރި ސަނަދެއްކަމަށް ވާތީ ވަޒީފާދޭ ފަރާތްތަކުންވެސް ވަޒީފާ ދިނުމުގައި ސަމާލުކަން ދިނުމަށް އެއޮތޯރިޓީއިން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ނޫސް ބަޔާނުގައި އެ އޮތޯރިޓީގެ ސަމާލު ކަމަށް އެ ކަން އައުމުން އެ މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ޖެހޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
އަދި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކަށް (ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް) ދަރިވަރުންނަށް ކޯސްތަކުގައި ފުރުސަތު ދިނުމުގައި ހުށަހަޅާފައިވާ ސަނަދުތަކަކީ ސައްހަ ސަނަދުތަކެއް ކަން ކަށަވަރު ކުރުމަށް އިތުރަށް ސަމާލު ކަމެއް ދިނުމަށް ކޮލިފިކޭޝަން އޮތޯރިޓީން ވަނީ އެދިފައެވެ.
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ބުނީ، އެ އޮތޯރިޓީން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ގެ ކުރިން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތައުލީމުދޭ މަރުކަޒުތަކުން ކުރިއަށް ގެންދާ ތައުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފުރިހަމަ ކުރުމުން ދޭ ލޯކަލް ސަނަދުތަކުގައި "ރިކޮގްނިޝަން" ތައްގަނޑު ޖެހުން ހުއްޓާލާފައިވާކަން އިއުލާން ކޮށްފައިވާނެކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.







ޚިޔާލު (1)
އެމްޑީޕީ މީހުން ވަޒީފާތަކަށް ވަންނަން ތިކަން ކުރަނީކަމަށް ބެލެވެނީ ކުރީއްސުރެވެސް. 2016 ސެޕް 1 އެއީ ކީއްވާ ދުވަހެއްތޯ