ޕޯޑިއަމްތަކުގައި ތުހުމަތުތައް ކުރިޔަސް، މުލިއާގޭގައި ކެރިއޯކޭ ސިސްޓަމެއް ހުންނަކަމަށް ކުރާ ތުހުމަތުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ސަންގުޓީވީއަށް ދެއްވި ބަސްދީގަތުމެއްގައެވެ. މިދިޔަ ރޯދަ މަހުގެ ތެރޭގައި ފެންމަތިވި އެ ތުހުމަތުތަކާ ބެހޭ ގޮތުން ރައީސް ވިދާޅުވީ މުލިއާގޭގައި އެފަދަ ސިސްޓަމެއް ނުހުންނާނެ ކަމަށެވެ. ރައީސް ވިދާޅުވީ މީހުން އެކިކަހަލަ ހަގީގަތެއް ނެތް ދޮގު ވާހަކަތައް ދައްކާ ކަަމަށާއި މިއީވެސް އެފަދަ ތެދެއް ނެތް ދޮގެއް ކަމުގައެވެ. އަދި ހަމައެހެންމެ މިއީ އެއްވެސް އަސްލެއް ހަގީގަތެއް ނެތް ތުހުމަތުތަކެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ އެފަދަ ވާހަކަތައް ފަތުރަން ޖެހޭ ސަބަބެއް ނުވިސްނޭ ކަމަށެވެ. ކެރިއޯކޭ ސިސްޓަމަކާ ގުޅުވައި ކުރި ތުހުމަތުތައް ޕޯޑިއަމްތަކުގައި އިވިފައިވިޔަސއް ބަޔަކު އެފަދަ ވާހަކަ ބަޔަކު ގަބޫލު ކުރަންވީ ސަބަބެއް ސާފު ނުވާކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. ބައެއް ބޭފުޅުން ދެއްކެވި ވާހަކައިގައި އެ ސިސްޓަމްގެ އަގާއި، އެއީ ކޮންތަނަކުން ގެނެފައިވާ ސެޓެއްކަން އެނގޭކަމަށް ބުނެ ވެސް ވާހަކަތައް ފަތުރާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ސޯޝަލްމީޑިޔާގެ ބައެއް މަންސަތަކުގައާއި އަދި ހަބަރުފަތުރާ ބައެއް ފަރާތްތަކުންވެސް ރައީސްގެ އަނބިކަނބަލުން ކެރިއޯކޭއަށް ޝައުގުވެރިވެވަޑައިގަންނަވާތީ، އަގުބޮޑު ކެރިއޯކޭ ސިސްޓަމެއް ގަނެފައިވާ ކަމަށް ބުނާ އެކިކަހަލަ ގޮތްގޮތަށް ރައީސަށް ތުހުމަތުތަކެއް ކޮށްފައިވެއެވެ.