1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރަބީއުވިލާ ތަޅައިލުމުގެ މަސައްކަތް ފެށިތާ 14 ދުވަހުގެ ތެރޭގައި ނިންމާލައިފި

rabe
މާފަންނު ރަބީއުވިލާ ތަޅައިލުމުގެ މަސައްކަތް ކުރިއަށްދަނިކޮށް
މަރްޔަމް ޝަފާ ސައީދު
330ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާފަންނު ރަބީއުވިލާ ތަޅައިލުމުގެ މަސައްކަތް ފެށިތާ ސާދަ ދުވަހުގެ ތެރޭގައި ނިންމާލައިފިއެވެ.

މާލޭސިޓީ މާފަންނުގައި ފަޅަށް ހުންނަ ގެއެއް ކަމަށްވާ ރަބީއުވިލާއަކީ ކޮވިޑްގެ ލޮކްޑައުން ތެރެއިން ފެށިގެން އެންމެގިނައިން ފުލުހުން ބަލައި ފާސްކޮށް މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުން ހައްޔަރުކުރި އެދުވަސްތަކުގައި އާންމުވެގެން ދިޔަ ޑްރަގްކެފޭ ނުވަތަ މަސްތުވާތަކެތި ވިއްކައި ބޭނުން ކުރާ އެފަދަ މީހުން ދިރިއުޅޭ ތަނެއްގެ ގޮތުން މަޝްހޫރު ވެގެންދިޔަ ގެއެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިސްނެގުމަކަށް، އެ މަނިކުފާނުގެ އެންގެވުމުގެ މަތިން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން މިމަސައްކަޔް ފެށީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.

300 × 250

މި މަސައްކަތް އެއްކޮށް ނިންމާލުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ބަރާބަރު 14 ދުވަހުގެ ތެރޭގައި މި ޢިމާރާތް ބިމާ ހަމަކޮށްލެވިފައިވާ ކަމަށާއި، މި މަސައްކަތުގެ ތެރޭގައި، އެއްވެސް މުއަައްޒަފަކަށް ގެއްލުމެއް އަދި ކައިރީގައި ހުރި ގެތަކުގެ ތެރެއިންވެސް އެއްވެސް ބަޔަކަށް މާބޮޑު ގެއްލުމެއް ނުލިބޭކަމަށެވެ.

"ބަރާބަރު 14 ދުވަހުގެ ތެރޭގައި މި ޢިމާރާތް ބިމާ ހަމަކޮށްލެވިފައި މިއޮތީ،ދެން ހަމަ އަޅުގަނޑު މިފުރުސަތުގައި ފާހަގަކޮށްލަން ބޭނުން މިމަސައްކަތް ކުރެވިގެން ދިޔައިރު އަޅުގަނޑުމެންގެ އެއްވެސް މުއަައްޒަފަކަށް އިރާދަކުރެއްވިއްޔާ އެއްވެސް ގެއްލުމެއް ނުލިބި މިތަނުގެ ކައިރީގައި ހުރި ގޭތަކުގެ ތެރެއިންވެސް އެއްވެސް ބަޔަކަށް މާބޮޑު ގެއްލުމެއް ނުލިބޭ،" ވަޒީރު އާދަމް ޝަރީފް ވިދާޅުވިއެވެ.

މާފަންނު ރަބީއުވިލާ ތަޅާޅުމުގެ މަސައްކަތަކީ ވަރަށް ބޮޑު މަސައްކަތެކެވެ. އެހެން ނަމަވެސް ހުކުރުދުވަސް ފިޔަވާ ހުރިހާ ދުވަހެއްގައި އެމަސައްކަތް ކުރުމަށްފަހު އެމަސައްކަތް ވަރަށް ފުރިހަމަ ކަމާއެކު ވަނީ ނިންމާލެވިފައި ކަމަށާއި މި މަސައްކަތުގައި އެ ސަރަހައްދުގެ ގޭގެތަކުގެ މީހުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން ދިޔަކަން ފާހަގަކުރައްވަމުން، ވަޒީރު އާދަމް ޝަރީފް ވަނީ އެފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއްވެސް ދަންނަވާފައެވެ.

ފަސް ފަންގިފިލާގެ ރަަބީއުވިލާއަކީ ގިނަ ދުވަސްތަކެއް ވެފައިހުރި ބާ އިމާރާތެއް ނަމަވެސް ވަރަށް ބޮޑުު ޖާގަ އޮތް ގެއެއްކަމަށްވެފައި ގެ ރާނާފައި ހުރީ ފުދޭވަރަކަށް އުސްކޮށް ފުޅާކޮށް ކަމަށް ވުމުން މި އިމާރާތް ތަޅާލުމަށް ވަގުތު ހޭދަވާނެ ވަރާއި ކުރަންޖެހޭނެ މަސައްކަތުގެ ބޮޑުކަން ހާމަވެއެވެ. މިއީ ވަރަށް ގިނަ ދުވަސްވީ ބާ އިމާރާތަކަށްވެފައި މި އިމާރާ މިގޮތަށް ހުއްޓައި މިއަހަރުގެ އޭޕްރީލް މަހު މި ގޭގެ ހަތަރުވަނަ ފަންގިފިލާގައި އަލިފާން ރޯވެ، އިތުރަށް ގެއްލުން ލިބިފައިވާއިރު މިގޭ ތެރެއިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ވެސް ވަނީ ފެނިފައެވެ.

އެނގިފައިވާގޮތުގައި މަޝްހޫރު މިޔުޒިޝަން އަދި ލަވަކިޔުންތެރިޔާ އީސަބެ ގެ އުފަން ގެއަކީ މާފަންނު ރަބީއުވިލާ ކަމަށްވި ނަމަވެސް މިގޭގެ އެއްވެެސް ކަމެއްގައި އެފަރާތުގެ އެއްވެސް ބަހެއް އަދި އެފަރާތުގެ އެއްވެސް ދައުރެއް ފެނިފައި ނެތެވެ. އަދި އެފަރާތުގެ އެއްވެސް ބަހެއް މިކަމުގައި އިވިފައި ނުވަތަ ޝާމިލުވާތަން ފެނިފައިނުވާ ސަބަބެއް އެނގިފައެއްނެތެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި