ރައީސްގެ ސެކިއުރިޓީއަށް ދަތިވާގޮތަށް އަމަލުކުރި މީހެއްގެ ފޯނު ހިފަހައްޓައި ތަހުގީގު ފަށައިފިއެވެ.
ސިންގަޕޫރަށް ކުރެއްވި ދަތުރުގެ ތެރެއިން ރައީސް މުހައްމަދު މުއިއްޒުގެ ފޮޓޯ ނެގި ކަމަށް ބުނާ ދިވެހި މީހާ، ރާއްޖެ އައުމުން ފުލުހުން ވަނީ އޭނާގެ ފޯނު ހިފަހެއްޓުމަށް ފަހު އެ މައްސަލައިގެ ތަހުގީގު ކުރަން ފަށައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އާއިލާއާ މިދިޔަ ހަފްތާގައި ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ފޮޓޯ ތަކެއް ސޯޝަލްމީޑިޔާއަށް ވަނީ ދޫކޮށްލާފައެވެ. މި ފޮޓޯތަކުން ރައީސް އާއި ރައިސްގެ އަނބިކަނބަލުން މެޑަން ސާޖިދާ މުހައްމަދު އަދި ރައީސްގެ ދަރިކަނބަލުން ވެސް އަރިހުގައި ހުރިތަން ފެނެ އެވެ. އޭގެ އިތުރުން، ރައީސްގެ ތިން ބޮޑީގާޑުން ވެސް ހަރަކާތްތެރިވާތަން އެ ފޮޓޯއިން ފެނެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.