1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

ރައީސް ޑރ މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލޭ ސީއެޗްއެސްއީ ގައި އަލުން ކިޔަވައިދޭން ފަށައިފި

457940262_26583130241334178_7579324085105336109_n
ސީއެޗްއެސްއީގެ މާލޭ އިމާރާތުގެ ރިނޮވޭޝަނަށްފަހު އަލުން ކިޔަވަން ފަށާފައި
މަރްޔަމް ޝަފާ ސައީދު
410ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލޭ ސެންޓަރ ފޯރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، (ސީއެޗްއެސްއީ) ގައި އަލުން ކިޔަވައިދޭން ފަށައިފިއެވެ.

މިދިޔަ ސަރުކާރުގައި ހުޅުމާލޭގައި ސީއެޗްއެސްއީގެ އައު އިމާރާތެއް އެޅުމަށްފަހު މާލޭގައި ހުރި ޒަމާންވީ، ސީއެޗްއެސްއީގެ އިމާރާތުގައި ކިޔަވައި ދިނުން ވަނީ ހުއްޓާލާފައެވެ. ސީއެޗްއެސްއީގެ ކިޔެވުން ހުޅުމާލެއަށް ބަދަލުކުރީ 2023 ވަނަ އަހަރުގެ މެދުތެރޭގައެވެ. އެހެން ނަމަވެސް މާލޭގައި ހުރި ސީއެޗްއެސްއީ ޢިމާރާތް އަލުން މަރާމާތު ކުރުމަށް ފަހު މިއަދު ވަނީ ކިޔަވައިދޭން ފަށާފައެވެ.

457815343_26583130431334159_3546943505446803640_nމާލޭގައި ހުރި ސީއެޗްއެސްއީ ޢިމާރާތް އަލުން މަރާމާތު ކުރުމަށް ފަހު މިއަދު ވަނީ ކިޔަވައިދޭން ފަށާފައެވެ.

300 × 250

ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މާލޭގައިި މަތީ ޘާނަވީއަށް ކިޔަވައިދިނުމަށް ސަރުކާރުގެ ސްކޫލެއް އަލުން ގާއިމުކޮށް ކިޔައިދޭނެް ފަށާފައިވާކަމަށެވެ. މި ސްކޫލު ވެގެންދާނީ ފުރަމާލޭގައިހުރި މަތީ ޘާނަވީއަށް ކިޔަވައިދޭ އެންމެ ފެންވަރު ރަނގަޅު، ހިތްފަސޭހަ އަދި ދަރިވަރުންނަށް އުފާވެރި އުގެނުމުގެ މާހައުލު ތަނަވަސްވެފައިވާ ސްކޫލަށްކަމަށް ތަޢުލީމީ ވަޒީރު ވިދާޅުވިއެވެ.

މި ބަދަލާއެކު، މަތީ ސާނަވީއަށް އުނގެނުމަށް، ފުރަމާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުކުރާ ދަރިވަރުންގެ އަދަދު މަދުވާނެކަމަށާއި، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، ދަރިވަރުންނާއި ބެލެނިވެރިންނަށް ނުހަނު ބޮޑު ފަސޭހައަކަށް ވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

458204104_26583130614667474_5976724725280682374_nމާލޭގައި ހުރި ސީއެޗްއެސްއީ ޢިމާރާތް އަލުން މަރާމާތު ކުރުމަށް ފަހު މިއަދު ވަނީ ކިޔަވައިދޭން ފަށާފައެވެ.

ތަޢުލީމީ ވުޒާރާއިން ވިދާޅުވެފައިވަނީ މާލޭގައިހުރި ސީއެޗްއެސްއީ ޢިމާރާތުގައި ކިޔަވައިދޭން ނިންމާފައިވަނީ އޯލެވެލް ނިންމާ ދަރިވަރުންގެ ޢަދަދު އިތުރުވަމުން އަންނާތީ، އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ވީހާވެސް ގިނަ ދަރިވަރުންނަށް ދިނުމަށްކަމަށެވެ. ސީއެޗްއެސްއީ ގެ ކުރީގެ އިމާރާތުގައި އަލުން އޭލެވަލް ކިޔަވައިދޭން ފެށިނަމަވެސް ހުޅުމާލޭގައި ހުންނަ ޢިމާރާތުގެ ކިޔަވައިދިނުމަށް އެއްވެސް ބަދަލެއް ނުގެންނާނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން، ސީއެޗްއެސްއީ އަކީ "ސައިންސް އެޑިއުކޭޝަން ސެންޓަރ"ގެ ނަމުގައި 3 ޖުލައި 1979 ގައި މަތީ ސާނަވީ ތަޢުލީމަށް ހާއްސަކޮށްގެން ރާއްޖޭގައި ހުޅުވި އެންމެ ދުވަސްވީ ސްކޫލެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި