މާލެ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ހިދުމަތް ފަތިހު 5:00ގައި ފަށަން އެމްޓީސީސީން ނިންމައިފިއެެވެ. އެމްޓީސީސީން ވިދާޅުވީ، ކަސްޓަމަރުންގެ ފަރާތުން ލިބިފައިވާ ހިޔާލުތަކަށް ރިއާޔަތްކޮށް، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ އިރުޝާދުގެ ދަށުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ގްރޭޓަރ މާލެ ސަރަހައްދަަށް ފޯރުކޮށްދެމުން ގެންދާ އާރްޓީއެލް ބަހުގެ ހިދުމަތުގައި ހިމެނޭ އާރް1، އާރް2، އާރް6، އާރް7، އާރް8 އާރް10، އާރް11 އަދި އާރް12ގެ ރޫޓްތަކުގެ ދަތުރުތައް ފެށޭ ގަޑި އަވަސް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މިގޮތުން އެ ދުވަހުން ފެށިގެން ދަތުރުތައް ފެށޭ ގަޑިއަކު ހެނދުނު 6:00 ގެ ބަދަލުގައި 5:00 އެވެ. މާލެ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ހިދުމަތް ބޭނުން ކުރާ މީހުންގެ އަދަދު ވަރަށް ގިނަ ކަން ފާހަގަކޮށްލެވެއެވެ.