މިދިޔަ އަހަރު ބޭއްވި އޭލެވެލް އިމްތިހާނުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނަށް އެވޯޑު ދިނުމުގެ ޖަލްސާ އަވަސް ކުރީ އެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ގިނަ ކުދިންނަށް ދިނުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ބައެއް ދަރިވަރުންނާއި ބެލެނިވެރިން ވަނީ މިދިޔަ އަންގާރަ ދުވަހު މި މަހުގެ 17ގައި ޖަލްސާ ބާއްވާނެކަން އެންގުމަށް ފަހު އެ ތާރީހު ބަދަލުކޮށްފައިވާތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގެ އެކި ހިސާބުތަކުން ދުރާލާ މާލެ އައުމަށް ޓިކެޓު ނަގައި މާލޭގައި ތިބޭނެ ގޮތާއި ކެއިންބުއިމުގެ ހަރަދުތައްފަދަ ފައިސާ ހޭދަވާ ޒަރޫރީ ބޭނުންތައްވެސް ވަކިގޮތްތަަކަކަށް ހަމަޖެއްސިފަހުން އެފަދަ ބަދަލެއް ކުއްލިއަކަށް ގެނައުމުން އެހުރިހާ ކަމަކަށް އެޑްވާންސްކޮށް ފައިސާ ނަގާފައިވާ ބައެއް ތަންތަނުން އެފައިސާ އަނބުރާ ނުދޭގޮތަށް އެއްބަސްވުން އޮތުންފަދަ ކަންކަން ހުރުމާއި އަދި ރަށްރަށުން މާލެ އަންނައިރު ރަށުގެ ކަންކަންވެސް ވަކިގޮތަކަށް ހަމައަަކަށް އަޅުވާފައި އަައުމަށް ދުރާލާ ނިންމާފައިވާ ނިންމުންތައް އަލުން ބަދަލު ކުރަން ޖެހުމަކީ ނުހަނު ބޮޑަށް ދަތިވާނެ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ. އޮފީސްތަކުން ޗުއްޓީ ނެގުމާއި އާއިލާތަކުގައި ތިބި އެހެނިހެން ޒިންމާތަކާއި ކަންކަން އެކިމީހުންނާ މަތިކޮށް ރޭވުންތެރިކަމާއެކު ކަންތައކޮށް ފުރަން ތައްޔާރުވެގެން ތިބި މީހުންނަށް މިބަދަލުގެނައުމީ ވަރަށް ބޮޑު ދަތި އުނދަގަަލަކަށް ވަނީ ވެފައެވެ.
އެކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މި މަހުގެ 17ގައި ބާއްވަން ނިންމާފައިވާ ޖަލްސާ ފަސްދުވަސް ކުރިއަށް، މިމަހުގެ 12 ވަނަ ދުވަހަށް އަވަސްކުރީ އެ ޖަލްސާގައި ބައިވެރިވުމުގެ ފުރުސަތު ގަދަ 10 ގައި ހިމެނުނު ދަރިވަރުންގެ ތެރެއިން ވީހާވެސް ގިނަ ކުދިންނަށް ދިނުމަށް ކަމަށެވެ
މިދިޔަ އަހަރު އޭލެވެލް ހެދި ދަރިވަރުންގެ ތެރެއިން 375 ދަރިވަރުން ގަދަ 10ގައި ހިމެނެ އެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.