ދެ ކިޑްނީ ފެއިލްވެ ފަރުވާ ހޯދަމުން އަންނަ " މިސްޓަރ މޯލްޑިވްސް " މުހައްމަދު ޔާމީން ( ޔާންބެ) އަށް ޓިކްޓޮކް ލައިވްއަކުން 210،308.28 ރުފިޔާގެ ބޮޑު އެހީއެއް ހޯދައިފިއެވެ.
މިރޭ ކުރިއަށްގެންދިޔަ މި ލައިވްގައި ދެ ލައްކައަަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު ލައިވް ކުރިއަށް ގެންގޮސްފައިވަނީ ޓިކްޓިކްގެ މަޝްހޫރު ޑީޖޭ ހަމްބެއާއި ޝިފާ އަދި ހުޝާންޓޭއާއި، ޒިޕޯގެ އިތުރުން ތަކޭ، މުންކޭ އާއި، އެމްޓީޕީވެސް ހިމެނިގެންނެވެ.
މިހާ ބޮޑު އަދަދެއް ފައިސާގެ ގޮތުން ހޯދާފައިވާއިރު 1،300 ޑޮލަރު ވެސް ވަނީ ހޯދައިފަ އެވެ. މިފަހަކަށް އައިސް ޓިކްޓޮކް މެދުވެރިކޮށް މީހުންނަށް މިގޮތަށް ފައިސާ ހޯދައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.