1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ޚަބަރު

މާލެސިޓީގައި އިމާރާތްކުރުމުގެ މަސައްކަތަކުން ވެއްޓުނު ދަގަނޑެއް، ގެ އެއްގެ ފުރާޅު ފޫ އަޅުވައިލައި ކޮޓަރިތެރެއަށް

dad
މައްޗަންގޮޅި ގެއެއްގެ ތެރެއަށް ވެއްޓުނު ދަގަނޑުގަނޑު -- ފޮޓޯ: ނުކުތާ
މަރްޔަމް ޝަފާ ސައީދު
483ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

މާލެސިޓީގައި އިމާރާތްކުރުމުގެ މަސައްކަތަކުން ވެއްޓުނު އެނބުރި ދަގަނޑެއް، ގެ އެއްގެ ފުރާޅު ފޫ އަޅުވައިލައި ކޮޓަރިތެރެއަށް ވެއްޓިއްޖެއެވެ.

މިއަދު އިރުއޮއްސުމާ ދިމާކޮށް މައްޗަންގޮޅީގައި ހުރި ގެއެއްގެ ކޮޓަރިތެރެއަށް އެނބުރިދަގަނޑެއް ވެއްޓުނު ވަގުތު އިރާދަކުރެއްވީތީ އެކޮޓަރީގައި އެއްވެސް މީހަކު ނެތް ނަމަވެސް އެެ ކޮޓަރި އަކީ ނިދާ އެނދުތަކެއް ހުރި އެގޭގެ ބައެއް މީހުން ނިދާ ކޮޓަރިއެކެވެ.

ހާދިސާ ހިނގުމުގެ ކުޑަކުޑައިރުކޮޅެއް ކުރިން އެ ދަގަނޑު ވެއްޓުނު ދިމާލުގައި ހުރި ބަންކް އެނދުގައި އެގޭގެ ދޮޅު އަހަރުގެ ކުޑަކުއްޖަކު ނިދަން އުޅުނުކަމަށާއި އެހެންނަމަވެސް ކުއްޖާ ނުނިދުމުން ސިޓިންގރޫމަށް ގެންދިޔަތަނާ ހެން ދިމާވި ހާދިސާއެއް ކަމަށް ވުމުން މިކުއްޖާ ސަލާމަތް ވީ ހަމަ ހުރި ނަސީބަކުން، އިރާދަކުރެއްވީތީ އެވެ.

300 × 250

ވެއްޓުނު ދަގަނޑުގަނޑަކީ 18 އެމްއެމްގެ ފަލަ އެނބުރި ދަގަނޑެކެވެ. އަދި އެއީ މީހެއްގެ އިސްކޮޅު ހުންނަވަރުގެ ދިގު ދަގަނޑު ބުރިއެއްކަން އެނގިފައިވެއެވެ. މި ދަގަނޑުގަނޑުން ޖެހި ބަންކު ބެޑާއި ތަޅުންގަނޑުގައި ޖެހި ގެއްލުންވެފައިވާ ކަމަށްވެއެވެ.

މީގެ ކުރިންވެސް މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ސައިޓްތައް ކައިރިން މިފަދަ ނުރައްކާތެރި ހާދިސާތައްވަނީ ހިނގާފައެވެ. އެގޮތުން މީގެ ކުރިން އެތައް ފަހަރަކު ހަދަމުންދާ އިމާރާތްތަކުގެ މަތިން ދަގަނޑު ފަދަ އެއްޗެހި ވެއްޓުމުގެ ނުރައްކާތެރި ހާދިސާތައް ހިނގާފައިވާއިރު، މަގުމައްޗަށްވެސް ދަގަނޑު ވެއްޓިފައި އެބަހުއްޓެވެ.

މީގެ ތެރެއިން އެންމެ ހިތާމަވެރި އަދިވެސް މަންޒަރުު ފެނުނު މީހުންގެ ތެރެއިންވެސް އެހާދިސާގެ އަސަރު ފިލައިނުދާ މީހުން ތިބި، ހަނދާން ވުމުން ބިރުގަނެ ޖެހިލުންވާ ހާދިސާއަކީ މާފަންނު ނަލަހިޔާ ހޮޓެލްސް އާދިމާލުން ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ކޮތަޅަކުން ޖެހި މަގުމަތިން ހިނގާފައި ދިޔަ ކުޑައަންހެންކުއްޖަކު މަރުވި ހާދިސާއެވެ. މިއީ އިންތިހާއަށް ހިތާމަވެރި އަދި އެހާމެ ބިރުވެރި ކަމެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި