މާލޭސިޓީ ހެންވޭރުުި ގެސްޓްހައުސްއެއްގެ ކޮޓަރިއަކުން ޒަހަމްތަކާއެކު އޮތް ދިވެއްސެއް ފެނިއްޖެއެވެ.
ފުލުހުން މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ބުނީ މިއަދު ހެނދުނު މާފަލެ ސިޓީ، ހެންވޭރު ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި އުޅޭ މީހެއްގެ ހަބަރެއް ނުވާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުން އެ ތަނަށް ގޮސްފައިވާ ކަމަށެވެ.
ފުލުހުން ގޮސް އެ ކޮޓަރިއަށް ވަދެ ބެލިއިރު، ޒަހަމްތަކާއެކު އޮތް މީހަކު އެކޮޓަރިތެރެއިން ވަނީ ފެނިފައި ކަމަށާއި އެއީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ޒަހަމްވެފައިވާ ފަރާތް ވަނީ އައި.ޖީ.އެމް.އެޗަށް ގެންގޮސްފައިވާ ކަމަށެވެ. އަދިއޭނާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ވަގުތު ހާދިސާ ހިނގި ތަނުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި މި މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.