ވިއްސާރަ ދުވަސް ވަރު ކުޅުދުއްފުށީ ސިޓީގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ޓަކައި އަމީނީ މަގު ދެކުނުކޮޅުން މޫދަށް ފެން ބޭރުވާ ގޮތަށް ހޮޅިލައިނެއް އަޅައިފިއެވެ.

220 ފޫޓު ދިގު މި ހޮލިލައިން އެޅީ  ސިޓީތަކާ އާންމު ހިދުމަތަތަކާ ބެހޭ ވުޒާރާއާއި ކުޅުދުއްފުށީ ސިޓީގެ ޕަބްލިކް ވާރކްސް ޔުނިޓު ގުޅިގެންނެވެ.

8 އިންޗި ފަލަ މި ހޮޅި ލައިނުގެ ސަބަބުން ފެންބޮޑުވާ މައްސަލަ މުޅިން ޙައްލުވެގެން ނުދިޔަ ކަމުގައި ވިޔަސް ލުއިތަކެއް ލިބިގެން ދާނެ ކަމަށް އެ މިނިސްޓަރީން ވަނީ ބުނެފައެވެ.